ރައީސް މުހައްމަދު ނަޝީދު

ނަޝީދަކީ މަޖިލީހުގެ އެންމެ ހުދުމުހުތާރު ރައީސް: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް. މަޖިލީހުގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި---ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައިވެސް ރިޔާސަތުގައި އިންނެވި އެންމެ ހުދުމުހުތާރު ރައީސްއަކީ ރައީސް މުހައްމަދު ނަޝީދު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ ނަޝީދުގެ ހުދުމުހުތާރުކަމުގެ ވާހަކަ ނުދައްކާ މެންބަރުން ތިބެނީ ކެތްކޮށްލައިގެން ކަމަށާއި ނަމަވެސް އެވާހަކަ ނުދައްކާ ތިބެވެން ދެން ނެތް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައި އޮންނަވަރު ބާރެއް ލިބިވަޑައިގަންވާ ބޭފުޅެއް ނޫން ކަމަށާއި މަޖިލީހުގެ ރިޔާސަތުގެ ކަންކަން ހުރި ގޮތުން މަޖިލީހުގައި މަސައްކަތްކުރަން ވެސް މިހާރު އުނދަގޫވެފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ރަނގަޅު ކުރަން ހުރި މައްސަލަތަކުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ތަކުރާރުކޮށް ވާހަކަދައްކަވާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ރަނގަޅު ކުރައްވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމުގައިވެސް ރޮޒައިނާ ވިދާޅުވި އެވެ.

"ގޭގެ ބަދިގޭ ތެރޭ އުޅުއްވާހެން މަޖިލީހުގައި އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންގޮސްފަ އެވެ.

މުޅި މަޖިލީހުގެ ކޮމެޓީގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހު ފާސްކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕް ނެރެފައިވާ ކަމަށާއި ވިޕްލައިން ނެރެފައިވަނީ ބިލު އޮތް ގޮތަށް ފާސްކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އިތުރު މީހުން ގެނެސްގެން މަޝްވަރާކުރުމުގެ ބޭނުމެއް އޮތް ކަމަށް ނުފެންނަ ކަމަށާއި މަޝްވަރާކުރެވޭނީ މަޝްވަރާކުރަން ޖާގަ އޮވެގެން ކަމުގައިވެސް ވިދާޅުވި އެވެ.

އާޒިމް މިހެން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން ވަނީ އާޒިމްއާ ދެކޮޅަށް އަޑުއުފުއްލަވާފަ އެވެ. އޭގެ ފަހުން ރައީސް ސޯލިހަށް ތާއީދުކުރައްވާ މެންބަރުންނާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި ޕީޕީއެމްގެ މެންބަރުންގެ މެދުގައި ބޮޑު ޒުވާބެއް ފެށިގެން ދިޔަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ތިރިބެ

ހާދަ ވަރަކައް ކައިފިއޭ ރައްޔުންގެ ޓެކުސް ފައިސާ އަދިވެސް ރައްޔިތުން ފެލާފަ ކެވޭތޯބަލަ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910