ހަބަރު

ޒުހާ މަރުގެ މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފި

މިމަހު ކުރީކޮޅު މާލޭ މަގުމަތީގައި މަރާލާފައި އޮއްވާ ފެނުން ހައްވާ ޒުހާގެ މަރާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. މީގެ ކުރިން ވެސް ވަނީ ޒުހާގެ މަރާ ގުޅިގެން އިތުރު ދެ ދިވެހިން ހައްޔަރުކޮށްފަ އެވެ. އެއީ 28 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ އަންހެނެކެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ވިދާޅުވީ ޒުހާގެ މަރާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ބަނގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާނެ ކަމަށާއި އަދި މިހާރު ވާނީ އޭނާގެ ބަނދުގެ މުއްދަތަށް 15 ދުވަސް ޖަހައަފައި ކަމަށެވެ.

ހ. ދޫހިމެރި ގޯޅިތެރެއަށް މަރާލައި އެއްލާފައި އޮތް ޒުހާގެ ޒުހާގެ އާއިލާއިން ބުނެފައި ވަނީ، ޒުހާ މަރުވި ރޭ އޭނާގެ ފަހަތުން މީހުންތަކެއް ދުވިތަން ބަޔަކަށް ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކަރުގައި ޒަހަމްތަކެއް ހުރި ކަމަށް ވެސް ބުނެފައިވެ އެވެ. އެ މައްސަލައާ ގުޅިގެން ޒުހާގެ މަރުގެ ހަގީގަށް ހޯދުމަށް ޓްރެވިންޑްރަމްގެ ހޮސްޕިޓަލަކުން ޕޯސްޓް މޯޓަމް ހެދުމަށް ފަހު މާލެ ގެނެސް މިހާރު ވަނީ ވަޅުލާފަ އެވެ.

ޒުހާ މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.