ޓޫރިޒަމް

ފަތުރުވެރިންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމަށް ހަނދާންކޮށްދީފި

ރާއްޖޭގެ ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ތަނަކުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ޓޫރިޒަމް މިނިސްޓްރީން ގޮވާލައިފި އެވެ.

މިނިސްޓްރީން މިކަމަށް ގޮވާލާފައިވަނީ ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ދުވަސްވަރު ކަމުގައިވާތީ އެވެ.

ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަމާލުކަން ދޭންވީ ކަންތައްތައްވެސް މިނިސްޓްރީން ވެސް ފާހަގަކޮށްދީފަ އެވެ.

ސަމާލުކަން ދޭންވީ ކަންތައްތައް

  • ކުއްލި ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ އިމަޖެންސީ ޕްލޭން ގަވާއިދުން މުރާޖާކޮށް، ތަންފީޒުކުރުން.
  • ފަތުރުވެރިން ޗެކިންވާއިރު ސަލާމަތާއި ގުޅޭ ޖެނެރަލް ބްރީފިން އަދި މޫދު ހަރަކާތެއް ފެށުމުގެ ކުރިން އެ ހަރަކާތަކާ ގުޅޭ ތަފްސީލީ ސަލާމަތީ ބްރީފިންއެއް ދިނުން.
  • މޫދު ކުޅިވަރުގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ގަވާއިދުން ޓްރެއިނިން އަދި އެވެއާނަސް ޕްރޮގްރާމްތައް ހިންގުން

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ހަނދާންކޮށްދިނީ ކުރިއަށް އޮތް އަހަރު ވެސް ރާއްޖެއަށް ޒިޔާރާތްކުރާ އެންމެހާ ފަތުރުވެރިންނަށް އަދި މިސިނާއަތުގައި މަސައްކަތްކުރާ އެންމެންނަށްވެސް އަމާން، ރައްކާތެރި މާހައުލެއް ގާއިމުވެފައި އޮތުމަށް ބޭނުންވާތީ ކަމަށެވެ.