ޓޫރިޒަމް

ރިސޯޓުތަކުގައި ދިވެހި މުވައްޒަފުންގެ އަދަދު މަދުކޮށް ބިދޭސީން އިތުރުކުރަން ހުށަހަޅައިފި

ރިސޯޓުތަކުގައި ދިވެހި މުވައްޒަފުން ގެންގުޅުމަށް ލާޒިމުކުރާ އަދަދު ދަށްކޮށް ބިދޭސީ މުވައްޒަފުންގެ އަދަދު އިތުރުކޮށްދޭން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

މިހާރު އަމަލުކުރާ އުސޫލުގައިވާ ގޮތުން ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހުންގެ 55 ޕަސެންޓާ ހަމައަށް ބިދޭސީ މުވައްޒަފުން ގެންގުޅެވެ އެވެ.

"ޕީޕަލް ފަސްޓް އެޗްއާރް ކޮންސަލްޓެންސީ" ގެ ދިރާސާއަކާ ހަވާލާދީ މަޓީން ހުށަހަޅާފައިވަނީ ބިދޭސީ ރިސޯޓުގައި ބިދޭސީ މުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް އިތުރުކޮށް ދިވެހި މުވައްޒަފުން ގެންގުޅުމަށް ލާޒިމުކުރާ އަދަދު 30 ޕަސަންޓަށް ކުޑަކުރުމަށެވެ.

ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް 2027 ވަނަ އަހަރާ ހަމައަށް ބޭނުންވާ ވަރަށް ދިވެހިން ނެތުމެވެ.

އެގޮތުން 2027 އާ ހަމައަށް ޓޫރިޒަމް ދާއިރާއަށް 78،000 މުވައްޒަފުން ބޭނުންވާއިރު އުފެއްދޭނީ 18،000 ދިވެހިން ކަމަށް ދިރާސާއިން ދައްކާކަމަށް މަޓީން ބުނެފައިވެ އެވެ.