ޑރ. މުހައްމަދު މުއިއްޒު

ހުރަވީ ބިލްޑިން ހުރި ބިމުގައި 226 ސައިކަލްގެ ޕާކިން ޒޯނެއް

Oct 27, 2022
ހުރަވީ ބިލްޑިން ހުރި ބިމުގައި އުޅަނދުތައް ޕާކް ކުރުމަށް ޕާކިން ޒޯން ކުރަހަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
100%
0%
0%

ހުރަވީ ބިލްޑިން ހުރި ބިމުގައި 226 ސައިކަލް ޕާކް ކުރެވޭ ގޮތް ހަދައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ހުރަވީ ބިލްޑިން ހުރި ބިމުގައި އުޅަނދުތައް ޕާކްކުރުމަށް ހަދާ ސަރަހައްދުގައި 226 ސައިކަލް ޕާކް ކުރެވޭނެ ކަމަށެވެ.

ޕާކިން ޒޯން ކުރެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުންދާ ކަމަށްވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ހުރަވީ ބިލްޑިން ހުރި ބިން ސާފު ކުރުމަށްފަހު އެތަނުގައި ކޮންމެވެސް ވަރަކަށް ވެހިކަލް ޕާކް ކުރެވޭ ގޮތަށާއި، މުނިފޫހިފިލުވާލެވޭ ގޮތަށް ޕާކެއް ހެދުމަށް ނިންމާ އެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ހުރަވީ ބިލްޑިން ހުރި ބިމުގައި އުޅަނދުތައް ޕާކް ކުރުމަށް ޕާކިން ޒޯން ކުރަހަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

އަވަސްއަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު މީގެކުރިން ވިދާޅުވީ ޕާކްގެ މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު އަންނަ މަހުގެ 11 ވަނަ ދުވަހު ޕާކް ހުޅުވޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

"މިހާރު ޕާކްގެ ބޮޑު ބައެއް އެވަނީ ނިމިފައި. އެހެންނަމަވެސް އަދިވެސް މަސައްކަތްތައް ކުރިއަށް އެބަދޭ. މިހާރު މިދާ ގޮތަށް އެއްވެސް ހުއްޓުމެއް ނައިސް ކުރިއަށް ގޮސްފިނަމަ އަންނަ މަހު ހުޅުވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ބާވެ ބޭނުން ނުކުރެވޭ ވަރުވެފައިވާ އަދި ގާތްގަނޑަކަށް 35 އަހަރުވެފައިވާ ހުރަވީ ބިލްޑިންގައި މިދިޔަ އަހަރާ ހަމައަށްވެސް ދައުލަތުގެ އޮފީސްތައް ހިންގާފައިވެ އެވެ.

ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ފެށީ އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާގުޅޭ އިދާރާތަކުން ކަނޑައެޅިތާވެސް 10 ވަރަކަށް އަހަރު ފަހުންނެވެ.

އިމާރާތް ތަޅާލުމުގެ ކުރިން އެ އިމާރާތުގައި ހުރި ބޭނުންކުރެވޭ ޒާތުގެ ތަކެތި ސަރުކާރުން ވަނީ ނީލަމުގައި ވިއްކާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345