ޑރ. މުހައްމަދު މުއިއްޒު

މަގު ހެދުމުގެ މަޝްރޫއު އަތުލީ ގާނޫނާ ހިލާފަށް: މުއިއްޒު

Jul 4, 2022
1
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލީ ގާނޫނާ ހިލާފަށް ކަމަށް މުއިއްޒު ވިދާޅުވި
0%
0%
0%

މާލޭގެ މަގު ހެދުމުގެ މަޝްރޫއު މާލެ ސިޓީ ކައުންސިލުން އަތުލީ ލާމަރުކަޒީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ މާލޭގެ އަމީނީ މަގު ހެދުން ވަކި މަޝްރޫއެއްގެ ގޮތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައި ވަނިކޮށެވެ. އަމީނީ މަގުގައި ތާރު އަޅައިގެން އެ މަގު ހެދުމަށް ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އާރްޑީސީއާ އިއްޔެ ހަވާލުކުރީ 84.4 މިލިއަން ރުފިޔާ އަށެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" އަށް ސަރުކާރާ ވާހަކަދައްކައިގެން ބައެއް ބަދަލުތައް ގެނެސް އަލުން އެއްބަސްވުން ހަދާފައި ވަނިކޮށް ސިޓީ ކައުންސިލަށް އެ މަސައްކަތް ނުވީ ކަމަށް ނިންމާ، މާލޭގެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން ނެގުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން އެ ކައުންސިލަށް އަންގާފައި ވަނިކޮށެވެ.

ކެބިނެޓްގެ ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ކަނޑައެޅިގެން ހިލާފު ނިންމުމެއް ކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާ، އެ ބަޖެޓް ދީފައި އޮތީ ޕްލޭނިން މިނިސްޓްރީއަށް ކަމަށެވެ. މަގު ހެދުމަށް ބޭނުންވާ ފައިސާ ޕްލޭނިން މިނިސްޓްރީން ނުދިން ކަމަށާއި ކުރިން ހެންވޭރު އަވަށުގެ ރޯޝަނީ މަގު ހަދަމުން ދަނިކޮށް މަގުގެ ބާކީ ބަޔަށްވާ ފައިސާ ވެސް ސަރުކާރުން ހިފެހެއްޓި ކަމުގައި ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އެ މަގު ހެދުން ލަސްވެ އާރްޑީސީއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައިވެސް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން އަތުލުމަށްފަހު ސަރުކާރަށް ނެގިއިރު މަގު ހެދުމުގެ މަސައްކަތް ފެށުން އަވަސްކުރުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު ގިނަ ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް ސަރުކާރުން ފަހިކޮށްދީފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މިވަގުތާ ހަމައަށްވެސް ރައީސް އޮފީހުގެ ސިޓީއެއް ނާދޭ މަޝްރޫއު ވަކިކުރި ކަމަކަށް. މަޖިލީހަކުން ވެސް ނާންގާ އެކަހަލަ އެންގުމެއް އެހެން އޮފީހަކަށް ޕްރޮޖެކްޓް ބަދަލުކުރި ކަމަކަށް. ދެން ކިހިނެއް އަޅުގަނޑުމެންނާ އާރްޑީސީއާ އެކު ހެދި އެގްރީމެންޓަށް ވާނީ. އޭގައި އެބަވޭ ޓާމިނޭޓްކުރާނެ ގޮތްތައް ވެސް،" އަމީނީ މަގު ވަކި މަޝްރޫއެއްގެ ގޮތުގައި ހެދުމަށް އާރްޑީސީއާ ހަވާލުކުރުމުން ސުވާލު އުފައްދަވަމުން މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ތުހުމަތު ކުރެއްވި ގޮތުގައި މާލޭގެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން އަތުލުމަށްފަހު ސަރުކާރަށް ނެގީ މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު އޮތީ އިދިކޮޅު ޕީޕީއެމްއަށް ކަމަށްވާތީ އެވެ. އަދި އާރްޑީސީއާ އަމީނީ މަގު ހެދުމަށް ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ދޭހަވާ ގޮތަށްވެސް ވާހަކަދެއްކެވި އެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ތާރު އަޅައިގެން 39 މިލިއަން ރުފިޔާއަށް އަމީނީ މަގު ހެދުމަށް ނިންމާފައި ވަނިކޮށް އެ މަޝްރޫއު ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށް ކަމަށެވެ.

"ދެން މިއަށް ކިޔާނީ ކޮރަޕްޝަން ނޫން ވަކި ކޮން އެއްޗެއްތޯ. ހަމަ އިސްރާފެއް ނޫންތޯ މިކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މަގުތައް ހެދުމަށް މިސަރުކާރުން އެންމެ ފުރަތަމަ ސޮއި ކުރީ ނިމިދިޔަ ކައުންސިލްގައި މާލޭގެ މޭޔަރަކަށް ޝިފާ މުހައްމަދު ހުންނެވި ދުވަސްވަރު އެވެ. އެ ދުވަސްވަރު މާފަންނުގެ ބައެއް މަގުތައް ހެދުމަށްފަހު ހެންވޭރުގެ ރޯޝަނީ މަގު ހެދީ މިހާރުގެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އޭގެފަހުން މާލޭގެ އެއްވެސް މަގެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖަމީލްގެ ތަރިކަ

ކަލޭ ތީ ބޮޑު -- ދޯ. މިހާރުވެސް މުށްޖަހާފަ ނަގައިގެން ކަނީ. -- ތީ އެއްވެސް އިންޓެގްރިޓީ އެއް ހުރި މީހެއްނޫން. ޔާމީންގެ ވަކީލު -- ގެ ލޯފާމަށްް އެތައް ހާސްރުފިޔާއެއް ކޮންމެ މަހަކު ތިދެނީ ތީ ކަލޭގެ މައިންބަފައިންގެ ތަރިކަތަ؟ އެކަހަލަ ކިތައްމެ ޖަރީމާއެއް ތިހިންގަނީ ރައްޔިތުންނަށް ނޭގޭނެ ކަމަށްދޯ؟ ނަސީބެއް މަގު ހެދުމުގެ ޕްރޮޖެކްޓް އަތުލިކަން. އަލްޙަމްދުލިﷲ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345