ކުޅިވަރު

އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް ފަށައިފި

50%
0%
50%

އަފްނާން ރަޝީދް ބެޑްމިންޓަން އެކެޑަމީ (އަރްބާ)އިން އިންތިޒާމު ކޮށްގެން ބާއްވާ "އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022" ފަށައިފި އެވެ.

މިއަދު ހަވީރު ފެށި މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމު އެވެ.

އަނާރާ ވިދާޅުވީ އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ބައިވެރިންނާ ބައްދަލުވުމުން ވަރަށް އުފާވާ ކަމަށާއި މިފަދަ މުބާރާތެއް އިންތިޒާމް ކުރުމުން އެކެޑަމީއަށް އަދި އެކެޑަމީގެ ފައުންޑާ އަފްނާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަނާރާ ވިދާޅުވީ މިއަދު ކުޅިވަރަކީ ދިރިއުޅުމުގެ ވަރަށް މުހިންމު ބައެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ގިނައިން ހެލިފެލިވެ އުޅުމަކީ އިސްލާމް ދީން ތަރުހީބު ދޭ ކަމެއް ކަމަށެވެ. ކުދިންނަށް ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރުން ރަނގަޅު ކަންކަމުގެ ވާހަކަވެސް އަނާރާ ވަނީ ފާހަގަކުރައްވާފަ އެވެ.

މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ޑރ. އަނާރާ ނައީމު ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމްދު އަޒާން | އަވަސް

"ހުރިހާ ކުދިންވެސް ވާނެ އެކުއްޖެއްގެ ޑިސިޕްލިންއަށް ބަލަން. ވަރަށް މުހިންމު ކަމެއް އެއީ. އަހުލާގީ ރީތި ސިފަތައް ހުންނަން ވާނެ. އަބަދުވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރަންވާނެ." އަނާރާ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އަރްބާގެ ފަރާތުން އަނާރާއަށް ވަނީ ހަނދާނީ ފިލައެއްވެސް އަރުވާފަ އެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އަރްބާގެ ފައުންޑާ އަދި މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ އަފްނާން ރަޝީދެވެ.

އަރްބާގެ ފަރާތުން ޑރ. އަނާރާ ނައީމަށް ހަނދާނީ ފިލައެއް އަރުވަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

މިރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފްވެސް ބައިވެރިވެޑައިގެންނެވި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ފިރިހެން ސިންގަލްސްގައި ވާދަކުރީ އަބްދުﷲ އައިދީން އިކްރާމް އަދި ސުނައިހް ނާސިހް މުހައްމަދު އެވެ.

މުބާރާތުގައި ޖުމުލަ 80 ކުޅުންތެރިން ވާދަކުރާއިރު ސިންގަލްސްގައި ހަތް ކެޓެގަރީއެއް އޮވެ އެވެ. އެއީ ފިރިހެން ހަތަރު ކެޓެގަރީއާއި އަންހެން ތިން ކެޓެގަރީ އެވެ. ކެޓެގަރީތައް ބަހާލާފައިވަނީ ކުދިންގެ އުމުރަށް ބަލައިގެންނެވެ.

މުބާރާތުގައި ދެން ކުޅޭނީ ޑަބަލަސްގެ ދެ ކެޓެގަރީއަކާ މިކްސް ޑަބަލްސްގެ ދެ ކެޓެގަރީ އެކެވެ. އެއީ ދެ ކެޓެގަރީންވެސް 12 އަހަރުން ދަށުގެ އުމުރުފުރާ އަދި 13 އަހަރުން މަތީގެ އުމުރުފުރާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910