ހަބަރު

ނަޝީދު މިރޭ އިނގިރޭސިވިލާތަށް ފުރާ ވަޑައިގަންނަވަނީ

  • ބޭސް ފަރުވާއަށް ދީފައި ވަނީ 30 ދުވަސް
  • ޑޮކްޓަރު ލަފާ ދެއްވައިފިނަމަ އިތުރު ކުރާނީ 45 ދުވަސް
  • މުއްދަތު ދިނުމުގައި އޭޖީގެ ލަފާ ހޯއްދެވި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް މިރޭ ފުރުވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ނަޝީދުގެ ބައްޔަށް ރާއްޖެއިން ވެސް ފަރުވާ ހޯދޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވީ ނަމަވެސް ސަރުކާރުން އިއްޔެ ވަނީ އެނިންމުން ބަދަލުކޮށް، ނަޝީދު ބޭސް ފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަދީފަ އެވެ.

މިރޭގެ ވަގުތެއްގައި އެމަނިކުފާނު ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ނަޝީދުގެ ބޭސްފަރުވާއަށް ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ. އެ ހުއްދަދީފައި ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ލަފާ ހޯއްދެވުމަށްފަހު އެވެ. ނަޝީދަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ގުނަން ފަށާނީ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާ ދުވަހުން ފެށިގެނެވެ. އޮޕަރޭޝަނަށް ފަހު އިތުރަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާދެއްވައިފި އިތުރަށް ދެވޭނީ 45 ދުވަހެވެ.

ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ސަރުކާރުން ނިންމަވާފައިވާ އިރު އެގައުމުގެ ފޮރިން މިނިސްޓަރު ރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު ހޫގޯ ސްވަ ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާޢްޖެވަޑައިގަންނަވާ ފޮރިން މިނިސްޓަރު ދުންޏާ މައުމޫންއާ ބައްދަލު ކުރައްވާފަ އެވެ. އަދި ލަންކާގެ ޚާރިޖީ ވަޒީރު މަންގަލާ ސަމަރަވީރާ އަދި މާލީ ވަޒީރު، ރަވީ ކަރުނަޔަކޭ މިދިޔަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވާ ނަޝީދު ދޫކޮށްލުމަށް ދިވެހި ސަރުކާރާއެކު މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެގައުމުގެ ނޫސްތަކުން ބުނެ އެވެ.