މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް ލޭންޑް އެންމެ ސާވޭ އޮތޯރިޓީ މިއަދު އުވާލައިފި އެވެ.

ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ އެ އޮތޯރިޓީ އުވާލީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ އެ އޮތޯރިޓީން ކުރަމުން އައި މަސައްކަތް މީގެ ފަހުން ކުރާނީ ހައުސިން މިނިސްޓްރީން ކަމަށެވެ.

ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވާލީ އެތަނުގައި ކުރި މަސައްކަތް އިތުރަށް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިޔުމާއި، ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮތޯރިޓީން ކުރަމުން އައި މަސައްކަތްތަކުގެ ތެރޭގައި ބިމާއި ފަރާއި ފަޅު އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި، ދިރާސާކުރުމާއި، ބެލެހެއްޓުން ހިމެނެއެވެ.

އެ މަސައްކަތްތައް ކުރިން ކުރަމުން އައީ ސަރުކާރުގެ އެކި އިދާރާތަކުންނެވެ. އޭގެ ސަބަބުން ރައްޔިތުންނަށް މައުލޫމާތު ހޯދުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޓަކައި 2011ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުފައްދާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345