ބޮލީވުޑް

ޖާންވީއޭ ކިޔައިގެން ދެކެވޭ ވާހަކަ ދޮގުކޮށްފި

ޖާންވީ ކަޕޫރުގެ ކޮއްކޮ ޚުޝީ ކަޕޫރު މިހާރު ރައްޓެހިވެގެން އުޅޭ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނާ އަކްޝަތު ޖެއިން އަކީ ޖާންވީގެ ކުރީގެ ލޯބިވެރިޔެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޖާންވީ ދޮގުކޮށްފި އެވެ.

ޖާންވީ މިހެން ބުނެފައިވަނީ އޭނާއާ އިންޓަވިއުކުރި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ޖާންވީ ކުރެން ނޫސްވެރިޔާ އެހީ އޭނާއާ ބެހޭ ގޮތުން ނޫސްތަކުގައި ޖަހާ ވާހަކަތަކުގެ ތެރެއިން އޭނާ ހިތްހަމަނުޖެހޭ ވާހަކައަކަށް ޖެހީ ކޮން ވާހަކައެއްތޯ އެވެ؟
ޖަވާބުގައި ޖާންވީ ބުނީ ކޮއްކޮ ޚުޝީގެ ލޯބިވެރިޔާ ކަމަށް ވާހަކަ ދެކެވޭ އަކްޝަތު އާ އޭނާ ކުރިން ރައްޓެހިވެގެން އުޅުނު ކަމަށް ބުނެ ފެތުރި ޚަބަރު ކަމަށެވެ.

"އަކްޝަތު އަކީ އަހަރެމެން ދެ މީހުންގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ. އަހަރެމެންގެ މެދުގައި އިތުރު ގުޅުމެއް އެއްއިރަކު ވެސް ނޯވޭ،' ޖާންވީ ބުނެފައި ވެއެވެ.

"ޚުޝީ ވެސް އަދި އަހަރެން ވެސް އޭނާއަކާ ރައްޓެއްސެއް ނުވަން. އަހަރެމެން ބޭބީ އިރުން ފެށީގެން ވެސް އޭނާއަކީ އެންމެ ގާތް އެކުވެރިޔާ،" ޖާންވީ ބުންޏެވެ.

އުމުރުން 25 އަހަރުގެ ޖާންވީގެ ފިލްމީ ކެރިއަރަށް ބަލާއިރު އޭނާ ކުޅޭ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްކޮށްފައިވަނީ "ގުޑް ލަކް ޖެރީ" އެވެ. މި ފިލްމު ރިލީޒްކުރީ އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ޑިޒްނީ+ހޮޓްސްޓާ އިންނެވެ. މިހާރު އޭނާ ތައްޔާރުވަމުންދަނީ "މިލީ" ރިލީޒް ކުރުމަށެވެ. އަދި ރާޖްކުމާރު ރާއޯ އާއެކު ކުޅޭ "މިސްޓަ އެންޑް މިސިޒް މާހީ"ގެ މަސައްކަތް މިހާރު ޖާންވީ ވަނީ ފަށާފަ އެވެ.