ރާއްޖެ ކުޅިވަރު

އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް ނިންމާލާއިފި

އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ގެ ނިންމުމުގެ ރަސްމިޔާތުގެ ތެރެއިން -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް ނިންމާލައިފި އެވެ.

އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީ (އަރްބާ)އިން އިންތިޒާމު ކުރި މި މުބާރާތް ކުރިއަށް ގެންދިޔައީ މިމަހުގެ 27 އިން 29 އަށް ސްޓެލްކޯގެ ބެޑްމިންޓަން ކޯޓުގަ އެވެ.

ޖުމުލަ 80 ކުދިން ވާދަކުރި މި މުބާރާތް ނިންމުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިޔާތު ޝަރަފްވެރި ކޮށްދެއްވާ އެއްވަނަ އަށް ދިޔަ ބައިވެރިންނަށް އިނާމު ހަވާލު ކޮށްދެއްވީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނާސިހް ރަޝީދެވެ.

މުބާރާތުގައި 12 ކެޓަގަރީއަކުން އެކި އުމުރުފުރާގެ ކުދިން ވާދަ ކުރި އެވެ.

ވަނަތަކަށް ހޮވުނު ކުދިންނަށް ދިން ޓްރޮފީތައް -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

ފިރިހެން ސިންގަލްސް ކެޓަގަރީ އެކަކުން އެއްވަނަ ހޯދީ މުހައްމަދު ޒާކިން އެވެ. ކެޓަގަރީ ދޭކުން ޔޫސުފް އިޒާން އެއްވަނަ ހޯދިއިރު ކެޓަގަރީ ތިނަކުން އެއްވަނަ ލިބިފައިވަނީ ޖެރިލް ކިންގްސްލީ އަށެވެ.

އަންހެން ސިންގަލްސްގެ ކެޓަގަރީ އެކަކުން އައިޝާ ހާޖަރް އެއްވަނަ ހޯދި އިރު ކެޓަގަރީ ދޭކުން އެއްވަނަ ލިބުނީ ލޫސިން ސަރުވާޝް އަށެވެ. ކެޓަގަރީ ތިނަކުން އެއްވަނަ ލިބުނީ އައިޝަތު ޔޫމީ އަށެވެ. އަންހެން ސިންގަލްސްގެ ފަހު ކެޓަގަރީން އެއްވަނަ ލިބިފައިވަނީ އަބްހާ އިސްމާއީލަށެވެ.

އަންހެން 12 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން އައިޝާ ސަނާޔާ އަދި އައިޝަތު ޔޫމީ ވަނީ އެއްވަނަ ހޯދާފަ އެވެ. އަންހެން 12 އަހަރުން މަތީގެ ޑަބަލްސް ކެޓަގަރީން މޮޅުވީ އަބްހާ އިސްމާއީލް އަދި އީޝަލް އަލީ އެވެ.

އެކި ކެޓަގަރީތަކުން އެއްވަނައަށް ހޮވުނު ބައިވެރިން -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

ފިރިހެން 12 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން މޮޅުވެފައިވަނީ ހަސަން ރާކިން އަދި މާހިލް ހުޒައިފް އެވެ. އަދި 12 އަހަރުން މަތީގެ ޑަބަލްސް ކެޓަގަރީން އެއްވަނަ ލިބިފައިވަނީ ސުނައިހް ނާސިހް އަދި އަބްދުﷲ އައިދީނަށެވެ.

މިކްސް ޑަބަލްސް ކެޓަގަރީން އެއްވަނަ ލިބިފައިވަނީ އަބްހާ އިސްމާއީލް އަދި ޖެރިލް ކިންގްސްލީ އަށެވެ.

އަރްބާއިން ބުނީ މި މުބާރާތް މިއަންނަ އަހަރުވެސް ބާއްވާނެ ކަމަށެވެ. އަދި މީގެ އިތުރުން މި އަހަރު ބޭއްވި ހުރިހާ މުބާރާތެއްވެސް މިއަންނަ އަހަރު ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910