ތަމްރީން ހަދަމުން ދިޔަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު މަރުވެއްޖެ އެވެ.
ކަރެކްޝަންގެ ވަޒީފާގައި ކުރިއަށް ދިއުމަށް ހަދަންޖެހޭ އަސާސީ ތަމްރީން ހަދަމުން ދަނިކޮށް މަރުވީ އަންހެން އޮފިސަރެކެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އޭނާ މަރުވީ ގެނބިގެންނެވެ.
މަރުވާން ދިމާވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އޮފިސަރުގެ މަރާ ގުޅިގެން ކަރެކްޝަންސްގެ ބަހެއްވެސް އަދި އަވަސް އަށް ލިބިފައެއް ނުވެ އެވެ.