އިންތިހާބުތަކުގެ މައުލޫމާތު ފަތުރައި އާއްމުން ހޭލުންތެރިކުރުވުމަށް އިލެކްޝަން ކޮމިޝަންތަކުން ކުރާ މަސައްކަތްތަތަކާއި، ބެސްޓް ޕްރެކްޓިސްތަކުގެ މައުލޫމާތު ފޯރުކޮށްދޭ އެގްޒިބިޝަނެއް ކަމަށްވާ ގްލޯބަލް އެގްޒިބިޝަން އޮން ވޯޓާސް އެޑިޔުކޭޝަން އެންޑް ޔޫޒް އޮފް ޓެކްނޮލޮޖީ އިން އިލެކްޝަންސްގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އިންޑިއާގެ އިލެކްޝަން ކޮމިޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި އެގްޒެބިޝަން ކުރިޔަށްދަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ.
މި އެގްޒިބިޝަނުގައ އިންތިހާބުތަކުގެ މައުލޫމާތު ފަތުރައި އާއްމުން ހޭލުންތެރިކުރުވުމަށް އިލެކްޝަން ކޮމިޝަންތަކުން ކުރާ މަސައްކަތްތަތަކާއި، ބެސްޓް ޕްރެކްޓިސްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، އިންތިހާބުތަކުގެ ކަންކަން ލުއި ފަސޭޙަ ކުރުމަށް އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު ދައްކުވައިދެ އެވެ.
މި އެގްޒިބިޝަންގައި ރާއްޖެ ތަމްސީލް ކުރަމުންދާ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ އީސީގެ ނައިބު ރައީސް އަމްޖަދު މުސްޠަފާ އާއި ކޮމިޝަން މެމްބަރު އަހްމަދު އަކްރަމް އަދި އެސިސްޓެންޓް ޑިރެކްޓަރ ރިހުލާ ސުހެއިލް އެވެ.