ފިނިޕޭޖް

ރަޔާން ގޮސްލިން "ދަ ފޯލް ގާއި" ކުޅެނީ

ރަޔާން ގޮސްލިން 80ގެ އަހަރުތަކުގައި ނެރުނު ސީރީޒްއެއް ކަމުގައިވާ "ދަ ފޯލް ގާއީ"ގެ ފިލްމް ވާޝަން ކުޅެނީ އެވެ.

މި ފިލްމް ޑައިރެކްޓްކުރަނީ ކާމިޔާބު "ބުލެޓް ޓްރޭން"ގެ ޑައިރެކްޓާ ޑޭވިޑް ލީޗް އެވެ. މިއީ ވަރަށް ބޮޑު އެކްޝަން ފިލްމެކެވެ.

ރަޔާން އަދި ވިންސްޓަންގެ އިތުރުން މި ފިލްމްގައި އެމިލީ ބްލަންޓް، އާރޮން ޓޭލާ-ޖޯންސަން އާއި ސްޓެފަނީ ސޫ ހިމެނެ އެވެ.

ލީ މޭޖާސް ކުޅުނު "ދަ ފޯލް ގާއި"ގެ ސީރީޒްގައި ސަމާލުކަން ދީފައިވަނީ އިތުރު ގަޑީގައި ބައުންޓީ ހަންޓާއެއްގެ ގޮތުގައި މަސައްކަތްކުރ ހޮލީވުޑް ސްޓަންޓްމޭނަކަށެވެ.

ނަމަވެސް "ދަ ފޯލް ގާއި" ފިލްމްގައި ރަޔާން އަކީ ސްޓަންޓްމޭނެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާން ދުވަސްތައް ފަހަނައަޅައި، އަނިޔާ ލިބިފައިވާ ސްޓަންޓްމޭންއެކެވެ.

މި ސްޓަންޓްމޭން އަނެއްކާ ފިލްމެއްގެ ސްޓަންޓްމޭންގެ ރޯލުއަދާކުރަން އަންނައިރު، މި ފިލްމުގެ ތަރިއަކީ (އާރޮން ޓޭލާ-ޖޯންސަން) ކުރިން ރަޔާންގެ ކެރެކްޓާ ސްޓަންޓް ޑަބަލްއެއްގެ ގޮތުގައި މަސައްކަތްކުރި (އަދި ފަހުން އެހެން ސްޓަންޓްމޭނަކަށް ބަދަލުކުރި) ތަރިއެވެ. އެކަމަކު އެ ތަރި ގެއްލެ އެވެ.

"ދަ ފޯލް ގާއި" ވިންސްޓަން ޑިއުކް އަދާކުރަނީ ސްޓަންޓްމޭންގެ ރައްޓެއްސެއްގެ ރޯލެވެ. އަދި އެމިލީ ބްލަންޓް އަދާކުރަނީ ސްޓަންޓްމޭންއާ އެކު މާޒީއެއް އޮންނަ ޕްރޮސްތެޓިކްސް މޭކަޕް އާޓިސްޓެއްގެ ރޯލެވެ.

މި ފިލްމްގެ ޕްރޮޑަކްޝަން ވަނީ އޮކްޓޯބަރު މަހު އޮސްޓްރޭލިއާގެ ސިޑްނީގައި ފަށާފަ އެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާޗް 1، 2024 ގައެވެ.