ފިނިޕޭޖް

އެމެޒޯންގެ ޖެފް ބޭޒޮސްގެ ހަޔާތަށް ފިލްމެއް ހަދަނީ

އެމެޒޯން އުފެއްފި ޖެފް ބޭޒޮސްގެ ހަޔާތަށް "ބޭޒޮސް ދަ ބިގިނިން"ގެ ނަމުގައި ފިލްމެއް ހަދަނީ އެވެ.

މި ފިލްމުގައި ޖެފް ބޭޒޮސްގެ ރޯލު އަދާކުރަނީ ފިލްމް ޕްރޮޑިއުސަރު އަރްމާންޑޯ ގުތިއަރެޒް އެވެ.

މި ފިލްމް ކޯ ލީ ޑައިރެކްޓްކުރާއިރު، ޕްރޮޑިއުސްކުރަނީ ވިޝަން ފިލްމްސް އިންނެވެ.

"ބޭޒޮސް ދަ ބިގިނިން" ބިނާކޮށްފައިވަނީ "ޒީރޯ ޓު ހީރޯ" އަށެވެ.

1990ގެ އަހަރުތަކުގައި ޖެފްއަކީ ވޯލް ސްޓްރީޓްގެ ހެޖް ފަންޑް އެކްގެޒަކަޓިވެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މީހެކެވެ.

މިހާރު ބޭޒޮސް އަކީ ދުނިޔޭގެ ތިން ވަނައަށް އެންމެ މުއްސަނދި މަހުޖަނެވެ. ޖެފް އަކީ އެމެޒޯން، ބްލޫ އޮރިޖިން، ވޮޝިންޓަން ޕޯސްޓް ފަދަ ކުންފުނިތަކުގެ ވެރިޔާ އެވެ.

ޖެފްއާ ގުޅިގެން އެމެރިކާގެ ސިޔާސީ މައިދާނުގައި އެކި މައްސަލަތައް ފެން މަތިވެ ބަހުސްކޮށް، އަނބިމީހާއާ ވަރިވިއިރު ރިކޯޑް އަދަދެއް ދައްކަން ޖެހުނުކަން ވަނީ މީޑިއާތަކުގައި ކަވާކޮށްފަ އެވެ.

މި ފިލްމްގައި ޖެފް ކުރިއެރި ގޮތް ދައްކައިދޭނެ އެވެ. ޖެފްއަށް 1996 ގައި ހަލުވިކަމާއެކު އިންޓަނެޓް ކުރިއަރަމުންދާކަން ފާހަގަކުރެވި، އޭގެ ބޭނުންކުރުމަށް އައިއައިޑިއާއާ އެކު އޭނާގެ ގަރާޖުގައި އެމެޒޯން އޮންލައިން ބުކްސްޓޯ އުފެއްދި އެވެ. އަދި އޭނާގެ އޭރުގެ އަންހެނުން މެކެންޒީ ސްކޮޓްގެ އެހީގައި އެވިޔަފާރި ކުރިއަރުވައިގެން ދިޔަ ގޮތް ދައްކާނެ އެވެ.