ފިނިޕޭޖް

"ހޫޒް ލައިން އިޒް އިޓް އެނީވޭ" ނިންމާލަނީ

ސީޑަބްލިއު އިން "ހޫޒް ލައިން އިޒް އިޓް އެނީވޭ" ނިންމާލަނީ ކަމަށް ޝޯގެ އެއްތަރި ކޮލިން މޮކްރީ ޓްވީޓެއްގައި ބުނެފި އެވެ.

ކޮލިން ބުނި ގޮތުގައި ޖެނުއަރީގައި ޝޫޓްކުރާނީ މި ޝޯގެ އެންމެ ފަހު ސީޒަން އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ބެލުންތެރިން އެ ޝޯއަށް ދީފައިވާ ސަޕޯޓަށް ޝުކުރު އަދާކުރި އެވެ.

މިއީ ނެކްސްޓާ މީޑިއާ ގްރޫޕުން ސީޑަބްލިއު ނެޓްވޯކް ގަތުމަށްފަހު ކެންސަލް ކުރަމުންދާ ޝޯތަކަށް އިތުރުވި ޝޯއެކެވެ.

މިހާތަނަށް ނެކްސްޓާއިން ވަނީ "ސްޓާގާލް"، "ދަ ފްލޭޝް"، 'ރިވާޑޭލް"، "ނެންސީ ޑްރޫ" ކެންސަލްކޮށްފަ އެވެ.

"ހޫޒް ލައިން އިޒް އިޓް އެނީވޭ" އަކީ އިމްޕްރޮވައިސް ކުރާ ކޮމެޑީ ޝޯއެކެވެ.

މި ޝޯ އެންމެ ފުރަތަމަ ދައްކަން ފެށީ 1998 އިން 2007 އަށް އޭބީސީ އަދި އޭބީސީ ފެމިލީ ގައެވެ. ސީޑަބްލިއު އިން މި ޝޯ އަލުން ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

"ހޫޒް ލައިން އިޒް އިޓް އެނީވޭ" ގެ ތަރިންނަކީ ކޮލިން، ވޭން ބްރޭޑީ، ރަޔާން ސްޓައިލްސް އަދި އައިޝާ ޓައިލާ އެވެ.

މި ޝޯގައި އައިޝާ ޓައިލާގެ ބަދަލުގައި ކުރިން ހިމެނުނީ ޑްރޫ ކެރީ އެވެ.