އެމެރިކާގައި ނޮވެމްބަރު އަށެއްގައި އޮންނަ މިޑްޓާމް އިލެކްޝަންގައި ރިޕަބްލިކަނުންނަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ ރައީސް ކަމުގެ މަގާމުން އަޒުލުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ޖޯ ބައިޑަން މިހެން ވިދާޅުވިއިރު ބައިޑަން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވެ އާންމު މީޑިއާތަކުގައި މަޖިލީހުގެ މެމްބަރުން ވަނީ ވާހަކަ ދައްކަވައި ފޯރި ނަންގަވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވައިޓް ހައުސް ތެރޭގައި ވެސް މިވާހަކަ އެބަ ދެކެވެ އެވެ. އަދި ކަންދިމާކުރާ ގޮތުން ރިޕަބްލިކަނުންނަށް "ހައުސް އޮފް ރެެޕްރެޒެންޓެޓިވްސް" އާއި "ސެނެޓް" ލިބިއްޖެ ނަމަ ދެން ކަންހިގައި ދާނެ ގޮތަކަށް ތައްޔާރުވުމަށް ވަނީ މަޝްވަރާ ކުރެވިފަ އެވެ.
އެމެރިކާގައި ސަޕޯޓަރުންނާ ވާހަދައްކަވަމުން ބައިޑަން ވިދާޅުވި ގޮތުގައި ރިޕަޕްލިކަނުންނަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބިއްޖެ ނަމަ ރައީސްގެ މަގާމުން އަޒުލުކުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިވަޑައިގެންފަ އެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އޭނާ މަގާމުން ދުރުކުރެއްވުމުގެ ބޭނުމެއް ވިސްނިވަޑައި ނުގަންނަވަ އެވެ. އަދި އެމެރިކާއާށް އެކަމުން [ބައިޑަން ރައިސް ކަމުން ދުރުކުރުމުގައި] އޮތީ ކޮން މޮޅެއްތޯ ވެސް ބައިޑަން ސުވާލުކުރެއްވި އެވެ.
ބައިޑަން ވިދާޅުވީ ރިޕަބްލިކަނުންނަށް ކާމިޔާބު ލިބިއްޖެ ނަމަ ކަންކުރާނެ ގޮތުގެ ވާހަކަ މިހާރު އެހާ ގިނައިން ނުދައްކަ ކަމަށެވެ. އެއީ ފަހަރެއްގައި މަޖިލީސް ކާމިޔާބުވުމާ މެދު އެ މީހުންނަށް ކަށަވަރުކަން ނެތީ ކަމަށް ވެދާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.
ރިޕަބްލިކަނުން ބުނާ ގޮތުގައި އެމެރިކާގައި މިހާރު އޮތި އެމެރިކާއަށް ކަމުދާ ސަރުކާރެއް ނޫނެވެ. ސަރުކާރެގެ ބައެއް ސިޔާސަތުގެ ސަބަބުން ދުނިޔޭގައި އެމެރިކާގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ވެސް މެމްބަރުން ބުނެ އެވެ.
އެމެރިކާއަށް ކުރެވެން ނެތް ޚަރަދުތައް ކުރުމާއި އާންމު ރައްޔިތުންނަށް ވުރެ ދުނިޔޭގެ މަސްލަހަތު އެމެރިކާއަށް ބޮޑު ކަމަށް ވެސް މެމްބަރުން ބުނެ އެެވެ.
ޔުކްރޭން ހަނގުރާމައާ ގުޅިގެން އެމެރިކާ ކުރަމުން ގެންދާ ޚަރަދު ބޮޑުވުމާއި ހަކަތަ މާކެޓް ކޮންޓްރޯލް ކުރުމުގައި އެމެރިކާ ފޭލިވުމަކީ ވެސް އެމެރިކާ އަލުން ވިސްނަން ޖެހިފައި ހުރި ކަންތައްތައް ކަމަށް ރިޕަބްލިކަނުން ބުނެ އެވެ.