ބިލެތްފަހި

ބިލެތްފަހި އެއާޕޯޓް ފެށުން ލަހެއް ނުވާނެ: ރައީސް

Nov 7, 2022
2

ށ. ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ބިލެތްފަހި އެއާޕޯޓާ ގުޅޭގޮތުން ރައީސް ވާހަކަ ދެއްކެވީ ބިލަތްފަހި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އިއްޔެ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ބިލެތްފަހި ކައުންސިލަރު ވަނީ ރައީސް ސޯލިހު އެރަށަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން 95 ޕަސަންޓް މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި އަދި ފ. މަގޫދޫގައި އެއާޕޯޓް އަޅަން އިއުލާނުކޮށްފައެވެ. އޭގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް ތަރައްގީކުރަން އިއުލާނުކޮށްފައިވާއިރު އެ ރަށް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

މިރަށްތަކުގެ ތެރެއިން ވިލުފުށި އެއާޕޯޓް އެޅުމަށް ކޮކޮޕާމް ރިސޯޓު ހިންގާ ފަރާތުން އެއްބަސްވުމަކާ ހަމައަށް ގޮސްފައިވާއިރު މަގޫދޫ އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.