ފޮރިން މިނިސްޓްރީ

ވިސާ ނެތި ސާބިއާއަށް ދެވޭނެ ގޮތް ހަދަނީ

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ސާބިއާގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިވިއްސާ ޑޭސިކް. -- ފޮޓޯ: ސޯޝަލް މީޑިއާ
0%
0%
0%

ސާބިއާއަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ ގޮތް ހެދުމަށް މަޝްވަރާ ކޮށްފި އެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސާބިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިވިއްސާ ޑޭސިކާ ބައްދަލު ކުރެއްވުމަށްފަހު ކުރިން ވިސާ ނެގުމެއް ނެތި ސާބިއާއަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

މިކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށްވެސް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި ދެގައުމުގެ ގުޅުން މިހާރަށްވުރެ ވަރުގަދަވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އޮން އެރައިވަލް ވިސާ ހަމަޖެއްސުމުގެ ޝައުގުވެރިކަން ރާއްޖެއިން ފާޅުކުރުމުން އެކަމާ ގުޅިގެން ސާބިއާގެ ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ސާބިއާގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ސާބިއާގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިވިއްސާ ޑޭސިކް މަޝްވަރާ ކުރައްވަނީ. -- ފޮޓޯ: ސޯޝަލް މީޑިއާ

މި ބައްދަލުވުމުގައި ޝާހިދު ވަނީ އިތުރު ދާއިރާތަކުން ވެސް ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. އެގޮތުން ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ އަދި ޒުވާނުން ބާރުވެރި ކުރުވުމަށްވެސް މަޝްވަރާ ކޮށްފައިވެ އެވެ.

މަޝްވަރާތަކުގެ ތެރެއިން ސާބިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަޝިޕްތައް އިތުރުކުރުމަށް އެގައުމުން ތައްޔާރަށް އޮތްކަން ވަނީ ހާމަކޮށްފަ އެވެ.

ސްކޮލަޝިޕްގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ތަމްރީން ހެދުމަށް 25 ކުދިންނަށް ފުރުސަތު ދިނުމަށް ތައްޔާރަށް އޮތް ކަމަށްވެސް ސާބިއާގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައިވެ އެވެ. އެގޮތުން ފުޓުބޯޅައާއި ވޮލީބޯޅަ އަދި ހޭންޑްބޯޅައިގެ ދާއިރާއިން ސާބިއާގައި ތަމްރީން ހޯދުމުގެ ފުރުސަތު އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ވަނީ ހުޅުވާލާފަ އެވެ.

ޝާހިދުގެ މި ދަތުރުފުޅަކީ ސާބިއާގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިވިއްސާ ޑޭސިކްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ސާބިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވްލަޑްމިއަ އޯލެކްއާއި މަޖިލީހުގެ މެމްބަރުންނާވެސް ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަރތުރަ

ދުނިޔޭގެ އޮއް އެއްމެ ނުރައްކާ އެއްގައުމު. މުސްލިމުން ކަތިލާތަނެއް. އެއްވެސް ކަމެއް އޮތްތަނެއްނުން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345