ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު އަނެއްކާ ވެސް މަރުވެއްޖެ އެވެ.

ކޮވިޑް 19 ގައި މިމަހުގެ ތިންވަނަ ދުވަހު މަރުވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖޭގެ 309 ވަނަ ކޮވިޑް މަރެވެ.

މިދިޔަ މަހުގެ 30 އިން ފެށިގެން މިމަހުގެ ފަސްވަނަ ދުވަހާ ހަމައަށް ރާއްޖެއިން ޖުމްލަ 90 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. މީގެތެރެއިން 43 މީހުުންނަކީ މަލޭ ސަރަހައްދުން ކޮވިޑަށް ޕޮސިޓިވްވެފައިވާ މީހުންނެވެ. މިމުއްދަތުގައި އަލަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރީ 25 މީހުނެވެ.

އެންމެ ފަހުން ކޮވިޑްގައި މީހަކު މަރުވެފައިވަނީ މިދިޔަ ޖުލައި މަހު އެވެ. އެހެންކަމުން މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

ރާއްޖެ ވަނީ ކޮވިޑްގެ ނުރައްކާތެރި ހަތަރު ރާޅެއްގެ ތަޖުރިބާކޮށްފަ އެވެ. އެންމެ ނުރައްކާވި ދުވަސްތަކުގައި އެތައް ބަޔަކު އެ ބަލީގައި މަރުވި އެވެ.

މިހާތަނަށް ރާއްޖޭގައި ޖުމްލަ 185،454 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވެ އެވެ.