ރާއްޖެ ކުޅިވަރު

ރާއްޖެ ފަޅީގައި ނޭޕާލާއި ލަންކާ

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ސްރީލަންކާ އައި ނޭޕާލާ އެއްގްރޫޕެއްގައި ހިމެނިއްޖެ އެވެ.

މުބާރާތުގައި ވާދަކުރާ ސާކުގެ ހަ ގައުމުގެ ތެރެއިން ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި އަފްގާނިސްތާނާއި ބަނގްލަދޭޝް އެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި ކުޅެން ޖެހޭނީ ނޭޕާލާ އެވެ.

ގައުމީ އަންހެން ޓީމު މުބާރާތުގައި ވާދަކުރާނެކަން ޔަގީންވީ އިއްޔެ އެވެ. ސަރުކާރުގެ ހަރަދުގައި ޓީމު ގޭމްސް އަށް ފޮނުވައިދޭން ނިންމެވީ ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމެވެ. މިހެންވެ އެމަނިކުފާނަށް އެފްއޭއެމުން ވަނީ ޝުކުރު ދަންނަވާފަ އެވެ.

އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެފައިވަނީ ރައީސްގެ މިނެންވުމަކީ އެމަނިކުފާނު ކުޅިވަރަށް ބަހައްޓަވާ ޝައުގުވެރިކަމާއި ކުޅިވަރު ކުރިއަރުވަން ދެއްވާ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެވެ.