ހުޅުމާލޭގެ އިމާރާތެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުން ދަނިކޮށް އަލިފާންގަނޑު ނިއްވާލައިފި އެވެ.
ރޯވީ ހުޅުމާލޭގެ ބީޗް ކުލަބް ކައިރީ ހުރި އިމާރާތެއްގަ އެވެ.
އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ވަރަށް ބޮޑަށް ރޯވި ނަމަވެސް އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ސިފައިންގެ އިން ބުނެ އެވެ.
އަލިފާނުގެ މިހާދިސާއާއި ގުޅިގެން ލިބުނު ގެއްލުމުގެ އެއްވެސް މައުލޫމާތެއް އަދި އެނގިފައެއް ނުވެ އެވެ.
މިހާދިސާ ހިނގަން މެދުވެރި ސަބަބެއް ވެސް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އަލިފާން ނިއްވާލީ ބައެއް އާންމުންނާއި ސަލާމަތީ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުންނެވެ.