ތިލަފުށި

ތިލަފުށި ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެތަނުގައި ހަރަަކާތްތެރިވަމުން ދާ ކަމަށެވެ.

އެތަނުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔާ ސްޓޭޝަނުންނެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތު ލިބިފައިވަނީ މިއަދު 12:04 ހާއިރު ކަމަށެވެ.

އެ ސަރަހައްދުގައި ހުރި ކުނިތަކުގައި އަނދާފައިވުމުގެ ސަބަބުން ވަރަށް ބޮޑަށް ދުން ފެތުރިފައިވެ އެވެ.