ސްޓެލްކޯ

އެމްއައިބީގެ ސްކީމުން ސްޓެލްކޯގެ މުދާ ނެގޭ ގޮތް ހަދައިފި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން ސްކީމަށް މުދާ ނެގޭ ގޮތް ހަމަޖައްސައިފި އެވެ.

މި ސްކީމުގެ ދަށުން އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް 400،000 ރުފިޔާއާއި ހަމައަށް މުދާ ނެގޭނެ އެވެ.

ކަރަންޓު ވައިރުކުރުމަށް ބޭނުންވާ ސާމާނާއި ކަރަންޓާއި ގުޅޭ އެކި ބްރޭންޑްތަކުގެ އުފެއްދުންތައްވެސް މި ސްކީމުގެ ދަށުން ނެގޭނެ އެވެ.

އެހެން ސްކީމްތަކާ ހިލާފަށް މި ސްކީމުގައި ކަސްޓަމަރުންނަށް 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ފައިސާ ދެއްކުމަށް ކަސްޓަމަރުން ބޭނުންވާ މުއްދަތެއް ހިޔާރުކުރެވޭނެ އެވެ.

މި ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް ހަ މަސް ވަންދެން ބޭނުންކުރެވޭނެ އިރު މި މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބިގެންދާނެ އެވެ.