ކަނޑުމަތީގެ ހާދިސާ

ދޯންޏެއް ބިންދައިގެން ގޮސްފި

ދ. ހުޅުދެލީ ބޭރުން މިއަދު ހެނދުނު "އުންބުޝޭމު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބިންދައިގެން ހިގައްޖެ އެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި މި ދޯންޏަށް މައްސަލަތަކެއް ދިމާވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 6:33 ހާއިރު އެވެ.

ދޯންޏަކީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ދޯންޏެކެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުން ދޯންޏަށް އެހީވެ، އެދޯނި ދ. ހުޅުދެއްޔަށް ގެންގޮސްފައިވާ ކަމުގައިވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ހާދިސާ ހިނގިއިރު ދޯނިިން ދަތުރުކުރީ ހަތަރު މީހުންނެވެ. އެންމެންގެ ހާލު ރަނގަޅު ކަމުގައިވެސް ސިފައިންގެ އިން ބުންޏެވެ.