ފިނިޕޭޖް

ޑެނިއަލް ކަލޫޔާ "ސްޕައިޑާ-ޕަންކް"ގެ ރޯލަށް

ޑެނިއަލް ކަލޫޔާ "ސްޕައިޑާމޭން: އެކްރޮސް ދަ ސްޕައިޑާ-ވާސް"ގެ ކާސްޓާ ގުޅި، ހޯބީ ބްރައުން "ސްޕައިޑާ-ޕަންކް"ގެ އަޑުއަޅާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއީ "ސްޕައިޑާމޭން: އިން ޓު ދަ ސްޕައިޑާ-ވާސް"ގެ ސިކުއެލް އެކެވެ. މި ފިލްމަށް ވަނީ "ބެސްޓް އެނިމޭޓަޑް ފީޗާ ފިލްމް"ގެ އޮސްކާ ލިބިފަ އެވެ.

"ސްޕައިޑާމޭން: އެކްރޮސް ދަ ސްޕައިޑާ-ވާސް" ޕްލޮޓްގެ ތަފްސީލް އަދި ވަނީ ސިއްރުކޮށްފަ އެވެ. އެހެންނަމަވެސް ޝަމޭކް މޯ ފުރަތަމަ ފިލްމެކޭ އެއްފަދައިން މައިލްސް މޮރާލިސްގެ ރޯލަށް އަޑުއަޅާއިރު، ސްޕައިޑާ-ގްވެންގެ ރޯލުގައި ހެއިލީ ސްޓައިންފީލްޑް އަޑުއާޅާނެ އެވެ.

މީގެ އިތުރުން އާ ސްޕައިޑާ-މީހުން ސުޕާ ވިލަންއަކާ ހަނގުރާމަ ކުރާނެ އެވެ. މީގެތެރޭގައި ސްޕައިޑާ-ޕަންކް ވެސް ހިމެނެ އެވެ.

މިފިލްމު ޑައިރެކްޓް ކުރަނީ ޖަސްޓިން ކޭ ތޮމްސަން، ހޮއޭކިމް ދޮސް ސެންތޯސް އަދި ކެމްޕް ޕަވާސް އެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 03، 2023 ގައެވެ.

މީގެ ތިންވަނަ ފިލްމު "ސްޕައިޑާމޭން: ބިޔޯންޑް ދަ ސްޕައިޑާ-ވާސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާޗް 29، 2024 ގައެވެ.

ޑެނިއަލް ކަލޫޔާ އެންމެ ފަހުން ފެނިފައިވަނީ "ގެޓް އައުޓް" އިންނެވެ. ޑެނިއަލް އަށް ވަނީ "ޖޫޑާސް އެންޑް ދަ ބްލެކް މެސާޔާ" ގައި ކުޅުނު ރޯލަށް އޮސްކާ އެވޯޑް ލިބިފަ އެވެ.