ޓޫރިޒަމް

ފޭދޫފިނޮޅު ހިންގަން އެހެން ބަޔަކު ހޯދަނީ

ރިސޯޓެއް ތަރައްީ ކުރަން ޓޫރިޒަމް މިނިސްޓްރީން ކުއްޔަށްދީފައިވާ ފޭދޫފިނޮޅު އަނެއްކާ ވެސް އެހެން ބަޔަކަށް ކުއަޔަށް ދޭން ނިންމައިފި އެވެ.

ފޭދޫފިނޮޅު މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން ވަނީ މިރަށް އެހެން ބަޔަކަށް ކުއްޔަށް ދިނުމަށް ބޭނުންވާތީވެ އެކަމުގެ ހުއްދައަށް ޓޫރިޒަމް މިނިސްޓްރީގައި އެދިފަ އެވެ.

އެހެންވެ ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް އާންމުކޮށް އިއުލާންކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޭދޫ ފިނޮޅު ޗައިނާގެ ކުންފުންޏަށް 2016 ވަނަ އަހަރުގެ ތެރޭގައި ދޫކޮށްލީ ހަތަރު މިލިއަން ޑޮލަރަށެވެ. އެއީ 50 އަހަރުގެ މުއްދަތަކަށެވެ.

ފޭދޫފިނޮޅުގައި ރިސޯޓެއް ހަދަން ދިންތާ ހަތަރު އަހަރު ވެގެން ދިޔަ ނަމަވެސް އެ ރަށުގައި ރިސޯޓެއް ހަދައި އަދި ރަސްމީކޮށް ހިންގަން ފަށާފައެއް ނުވެ އެވެ.