އެކްޓަރު ސައިފް އަލީ ހާނާއި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް ވައްތަރުކަމުން ގިނަ ބަޔަކަށް ވަރަށް މަޖާވެ ސޯޝަލް މީޑިއާގައި އެ ވާހަކަ ވަރަށް ގަދަޔަށް ދައްކަމުން އެބަދެ އެވެ.
އިބްރާހިމް އަކީ ސައިފް ފުރަތަމަ ކައިވެނިކުރި އަމްރިތާ ސިންގް އާއި އޭނާއަށް ލިބިފައިވާ ދެ ދަރިންގެ ތެރެއިން ކުއްޖެކެވެ. އަނެއް ދަރިއަކީ ފިލްމީ ބަތަލާ ސާރާ އަލީ ހާނެވެ.
ސައިފް އާއި އިބްރާޙިމް އެކުގައި ތިއްބާ ފެންނަ ވީޑީއޯއެއް ވައިރަލް ވުމުން ގިނަ ބަޔަކު ބުނީ ސައިފް އަކީ އިބްރާހީމްގެ ބޭބެ ހެން ހީވާ ކަމަށެވެ. ސައިފް އެހާ ޅަ ވައްތަރު ޖަހަނީ ކީއްވެތޯ ވެސް ބައެއް މީހުން ސުވާލު ކުރި އެވެ.
އިބްރާހިމް ވެސް ޒުވާންވެ މިހާރު ތުނބުޅި ވެސް ބަހައްޓާފައި ހުންނާނީ ކުރިއަށް ވުރެ ވެސް މާ ބޮޑަށް ސައިފް އާ ވައްތަރުހެން ހީވާ ކަމަށް ވެސް ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.
އެންމެ މަޖާ ކަމަކީ ސައިފް އާއި އިބްރާހިމް އެހާ ވައްތަރުއިރު އަމްރިތާ އާއި ސާރާ ވެސް ހަމަ އެހާ ވައްތަރު ކަމެވެ. ސާރާ ވެސް ހީވަނީ އަމްރިތާގެ ކާބަން ކޮޕީއެއް ހެން ކަމަށް ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.