އެލައިޑް އިންޝުއަރެންސް

އެލައިޑް އާއިލީ ހަވީރަށް ދައުވަތު

Nov 12, 2022

އެލައިޑް އިންޝުއަރެންސަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި އިންޝުއަރެންސްގެ ހިދުމަތް ދެމުންދާ ކުންފުންޏެވެ. އާންމު ފަރުދުންނާއި އާއިލާތަކަށް ހާއްސަކޮށް، އެކިއެކި ހާލަތްތަކުގައި ކަސްޓަމަރުންނަށް ފައިދާ ކުރާނެ ފަދަ ޕްލޭންތައް އެލައިޑުން ހުށަހަޅަ އެވެ. މި ޕްލޭންތަކުގެ ބޭނުން ހިފުމަކީ އާއިލާގެ މުސްތަގުބަލަށާއި ލާބައަށް ކުރެވޭ ވަރަށް އަގުހުރި އިންވެސްޓްމަންޓަކަށް ވާނެ އެވެ.

މިއަދު (12 ނޮވެމްބަރު 2022) ގައި ހުޅުމާލޭގައި އެލައިޑުން ހާއްސަ ހަރަކާތެއް ބޭއްވުމަށް ދަނީ ރާވަމުންނެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނަ އެލައިޑް އާއިލީ ހަވީރަކީ އާއިލާ އެއްކޮށް ޒިޔާރަތްކޮށްލާ، އެލައިޑުން ހުށަހަޅާ އާއިލީ ޕްލޭންތަކުގެ މައުލޫމާތު ހޯދައި، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އުފާވެރި މާހައުލަކަށް ވާނެ އެވެ.

މަޖާ އަދި އުފާވެރި މާހައުލެއް ކަށަވަރުކޮށްދޭނެ "އެލައިޑް އާއިލީ ހަވީރު"ގައި ހިނގާނެ ހަރަކާތްތަކުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އެކިއެކި ކުޅިވަރުތަކާއި އިނާމު ލިބޭނެ ހަރަކާތްތައް ހިމެނެ އެވެ.

މީގެ އިތުރުން އެލައިޑުން ހުށަހަޅާ އެކިއެކި ލައިފް ޕްރޮޑަކްޓްތަކާއި ބެހޭ މައުލޫމާތުގެ އިތުރުން އެލައިޑް އިސްލާމިކް ވިންޑޯއިން ފޯރުކޮށްދޭ ފެމެލީ ޕްލޭންސްއަށް ހާއްސަ ބޫތުތަކެއް އެތަނުގައި ހުންނާނެ އެވެ.

އެލައިޑާއި އެލައިޑްގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއަކީ އެކި ހާލަތްތަކަށް ހާއްސަކޮށްގެން ފެމިލީ އަދި ލައިފް ޕްލޭންތައް ރާއްޖޭގައި ހަމައެކަނި ފޯރުކޮށްދޭ ފަރާތެވެ. އިންޝުއަރެންސަކީ މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓަކަށް ވާއިރު މުސްތަގުބަލަށް ތައްޔާރުވުމާއި އާއިލާއަށް މުސްތަގުބަލުގައި މާލީ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މި ޕްލޭންތަކުން އެހީތެރިވެދެ އެވެ.

މިސާލަކަށް، އެލައިޑުގެ ސެކަންޑްރީ ސްކޫލް އެކްސްޕެންސެސް ޕްލޭނާއި އަޔާދީގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭނަކީ ދަރިފުޅުގެ ތުއްތު އުމުރުން ފެށިގެން އެ ކުއްޖާގެ އުމުރުން 18 އަހަރު ވަންދެން އެ ކުއްޖާގެ މުސްތަގުބަލަށްޓަކައި މަހުން މަހަށް ދައްކައިގެން ފައިސާ އެއްކުރުމަށް މަގުފަހިކޮށްދޭ ޕްލޭނެކެވެ. މި ފައިސާ ވާނީ ދަރިފުޅު މަތީ ތައުލީމު ފަށަން ވާއިރަށް އެ ކުއްޖާއަށް އެއްކޮށްދެވޭ ވަރަށް އަގުހުރި ފަންޑަކަށެވެ.

މީގެއިތުރުން، އެލައިޑްގެ "ކަމަނަ" ޕްލޭން ހާއްސަކުރެވިފައިވަނީ އަންހެނުންނަށް ހާއްސަކޮށް އެމީހުންގެ މާލީ ބޭނުންތައް ފުއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހަށް ފައިސާ ރައްކާކުރުމަށެވެ. އަދި އޭގެ އިތުރުން އެލައިޑްގެ "ރަން ރޭރު" ޕްލޭނަކީ ފަހަށް ރައްކާކުރުމުގެ އިތުރުން އާއިލާގެ މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ޕްލޭން ހިނގަމުންދާ މުއްދަތުގައި ލިކުއިޑިޓީ ނުވަތަ އެއްކުރެވިފައިވާ ފައިސާއިން ބޭނުންވާ މިންވަރެއް، ކަނޑައެޅިފައިވާ އުސޫލުން ނެގޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.

އެހެން ގޮތަކަށް ބުނާ ނަމަ އެލައިޑްގެ ލައިފް އަދި އަޔާދީގެ ފެމިލީ ޕްލޭންތަކަކީ އާއިލާއަކަށް ދިމާވެދާނެ މާލީ ދަތިކަމަކަށް ތައްޔާރުވުމަށް އެހީތެރިވެދޭ ޕްލޭންތަކެކެވެ. އާއިލާއަށް އާމްދަނީ ގެނެސްދޭ މެމްބަރު ނިޔާވެއްޖެ ހާލަތެއްގައި އެކަމަކީ ވެސް މާލީ ގޮތުން އާއިލާއަށް ބުރައަކަށް ނުވާނެ ފަދަ މަގެއް މި ޕްލޭންތަކުން ކަށަވަރުކޮށްދެނީ، އެ ހާލަތް އަދުވެދާނެ ދުވަހަކަށް ތައްޔާރުވުމުގެ ގޮތުން ފައިސާ އެއްކުރެވިފައި ހުންނާނެތީ އެވެ.

އެލައިޑާއި އަޔާދީއިން ހުށަހަޅާ މިފަދަ އެތައް ޕްލޭންތަކަކާ ބެހޭ އިތުރު މައުލޫމާތު، އުފާވެރި އަދި ހިތްފަސޭހަ މާހައުލަކުން ހޯދާލުމަށްޓަކައި މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކަށް އާއިލާއާއެކު ޒިޔާރަތް ކޮށްލައްވާށެވެ.