މުޒާހަރާ

މާންދޫގައި މަސްވެރިން އިހުތިޖާޖު ކުރަނީ

މަހުގެ ފައިސާ އަވަސްކުރުމަށް ގޮވާލައި ލ. މާންދޫގައި މަސްވެރިންތަކެއް އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ތ. އަތޮޅާއި ލ. އަތޮޅުގެ މަސްވެރިން މިއަދު ހެނދުނުން ފެށިގެން އިހުތިޖާޖު ކުރަމުން ދަނީ މަހުގެ ފައިސާ އަވަސްކުރުމަށާއި ތެލުގެ އަގު ހެޔޮކުރުމަށް ގޮވާލަ އެވެ.

މަސްވެރިން ކިރާ މަހުގެ ފައިސާ އެންމެ ގިނަވެގެން ހަފުތާއެއްގެ ތެރޭގައި ލިބޭނެ ގޮތް ހަދައިދިނުމަށް މަސްވެރިން ދަނީ ގޮވާލަމުން ނެވެ. އޭގެ އިތުރުން ސަރުކާރުން ގަންނަ އަގުގައި މަސް ގަތުމަށާއި ތެޔޮ ވިއްކާ އަގުގައި ތެޔޮ ވިއްކުމަށާއި ސަރުކާރުގެ ވައުދާއި އެއްގޮތަށް އެރަށުންވެސް މަސްވެރިންނަށް އައިސް ލިބޭނެ އިިންތިޒާމު ހަމަޖެއްސުމަށް އަންނަނީ ގޮވާލަމުން ނެވެ.

މަސްވެރިންގެ އިހުތިޖާޖާއި ގުޅޭ ގޮތުން މާންދޫގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އިހުތިޖާޖު ކުރަމުންދާ މަސްވެރިން ބުނީ އެދެވޭ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރަމުންދާނެ ކަމަށެވެ.

"ޖަވާބެއް ލިބެންދެން އަޅުގަނޑުމެން މިތާތިބޭނީ" އިޖުތިހާދުގެ ބައިވެރިއަކު އަވަސްއަށް ފޯނުން ބުންޏެވެ.