ފިނިޕޭޖް

ޕެރެމައުންޓްގެ "1923" ސީރީޒް

ޕެރެމައުންޓް ޕިކްޗާސްއިން ހަދަމުންދާ ވައިލްޑް ވެސްޓް ޑްރާމާ ސީރީޒް "1923" ގައި ލީޑް ރޯލް އަދާކުރާނީ ހެރިސަން ފޯޑް އާއި ހެލަން މިރެންއެވެ.

"1923" އަކީ "ޔެލޯސްޓޯން"ގެ ޕްރީކުއަލް އަދި "1883"ގެ ސިކުއަލްއެވެ.

މި ސީރީޒްގައި ޑަޓަން ފެމިލީގެ އެއް ޖެނެރޭޝަން، ޖޭކަބް އަދި ކޭރާ ޑަޓަންގެ ހަޔާތުގައި ދިމާވާ ކަންތައްތައް ދައްކާނެ އެވެ. އަދި ޑަޓަން ފެމިލީ ރޭންޗްއާއި ޖެހިގެން އޮންނަ ނޭޓިވް އެމެރިކަން "އިންޑިއަން" ރިސަވޭޝަނާއި އެ ހިސާބުގަނޑު ތަރައްގީކޮށް މުއްސަނދިވާން ބޭނުންވާ ވިޔަފާރިވެރިންނާ ދެމެދު ބޯޑަރުގެ މައްސަލަތައްވެސް މި ސީރީޒްގައި ދައްކާނެ އެވެ.

"ޔެލޯސްޓޯން"ގެ ފަސްވަނަ ސީޒަން މިއަދު ސްޓްރީމްކުރަން ފަށާނެ އެވެ. "1923" ސްޓްރީމްކުރަން ފަށާނީ އަންނަ މަހު 18 ގައި ޕެރަމައުންޓް+ ގައެވެ.

ހެރިސަން ފޯޑް އާއި ހެލަން މިރަން ވަނީ މީގެކުރިން 1986ގައި "ދަ މޮސްކިޓޯ ކޯސްޓް" އެކުގައި ކުޅެފަ އެވެ.