ފިނިޕޭޖް

ޓޭލާ ލޯޓްނާ އާއި ޓޭލާ ޑޯމް ކައިވެނިކޮށްފި

"ޓްވައިލެޓް" ފިލްމް ސީރީޒްގެ ޖޭކަބްގެ ރޯލް އަދާކުރި ޓޭލާ ލޯޓްނާ ލޯބިވެރިޔާ ޓޭލާ ޑޯމްއާ ކައިވެނިކޮށްފި އެވެ.

މި ދެ ލޯބިވެރިން މިމަހުގެ 11 ވަނަ ދުވަހު ކައިވެނިކޮށްފައި މިވަނީ އެންޖޭވިތާ އެއް އަހަރު ފަހުންނެވެ.

ދެ ޓޭލާގެ ކައިވެނީގެ ހަފްލާ އޮތީ ކެލިފޯނިއާގެ އީޕޮކް އިސްޓޭޓް ވައިންސްގަ އެވެ.

މިހަފްލާއަށް އާއިލާއާއި ގާތް ރައްޓެހިން އެކުލެވޭ ގޮތަށް ދައުވަތު ދީފައިވަނީ 100 މީހަކަށެވެ.

މި ހަފްލާގެ ފޮޓޯތަކުން ފެންނަނީ ޓޭލާ ޑޯމް ވަރަށް ރީތި ހުދުކުލައިގެ ލޭސް ވެޑިން ޑްރެސްއެއް ލައިގެން ހުރި ތަނެވެ. ޓޭލާ ލޯޓްނާ ހުރީ ކަޅު ޓަކްސީޑޯއެއް ލައިގެންނެވެ.

ޓޭލާ ޑޯމްއަކީ ނަރުހެކެވެ. އޭނާ ނަރުސްކަމުގެ ކިޔެވުން ނިންމާ، ރެޖިސްޓާޑް ނާސްއަކަށް ވެފައިވަނީ 2019 ގައެވެ.

30 އަހަރުގެ ޓޭލާ ލޯޓްނާ 25 އަހަރުގެ ޓޭލާ ޑޯމްއާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2018 ގައެވެ.