ދުނިޔެ

ކިތަންމެ ޕްރެޝަރެއް ކުރިއަސް ޔުކްރޭނަށް ހަތިޔާރެއް ނުދޭނަން: ސްވިޒަލެންޑް

އެމެރިކާއާ ބައިވެރިން ސްވިޒަލެންޑަށް ކިތަންމެ ވަަރަކަށް ޕްރެޝަރުކުރި ނަމަވެސް ޔުކްރޭނަށް ހަތިޔާރު ނުފޮނުވާނެ ކަމަށް އެ ގައުމުގެ ރައީސް އިންޔާސް ކަސިސް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމާއިގެ ތެރެއަށް ވަދެ އެއްވެސް ކަމެއްގައި އެއްވެސް މާނައެއްގައި ބައިވެރި ނުވާނެ ކަމަށެވެ.

"ފުރަތަމަ ބޮޑުހަނގުރަމާގައި ވެސް -- ދެވަނަ ބޮޑުހަނގުރާމާގައި ވެސް އަޅުގަނޑުމެން ހަތިޔާރު ސަޕްލައި ނުކުރަން" ކަސިސް ވިދާޅުވި އެވެ.

އިންޔާސް ކަސިސް ވިދާޅުވި ގޮތުގައި އަސްކަރީ ގޮތުން މަސްލަހަތު ގެއްލިފައި އޮތް އެއްވެސް ދިމާއަކަށް ސްވިޒަލެންޑް މިސްރާބު ނުޖަހާނެ ކަމަށެވެ.

ރަޝިއާ އަކީ ދުނިޔޭގައި ބާރުގަދަ ގައުމެއް ކަމަށްވެސް ކަސިސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި އެ ނޫން ގޮތެއްގައި ނަމަވެސް ބައެއްގެ ތެރެއަށް ވަދެ ހައްގެއް ނެތް ކަމެއްގައި މަސްލަހަތު ނަގާލައި ގުޅުން ޚަރާބުކުރުމުގެ ބޭނުމެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ސްވިޒަލެންޑްގެ ރައީސް ވިދާޅުވި ގޮތުގައި ޔުކްރޭން ގަނގުރާމަ ފެށުނީއްސުރެ ސްވިޒަލެންޑަށް އަންނަ ޕްރެޝަރަށް ބަދަލެއް ނާންނަ ކަމަށެވެ.

ޔުކްރޭނަށް ހަތިޔާރު ފޮނުވުން ނުވަތަ ސިފައިން ފޮނުވުން އެހެން ނޫން ނަމަ ފައިސާ ހޭދަކުރަން ފަދަ ކިތަންމެ ގޮތަކަށް ޕްރެޝަރު އަންނަ ކަމަށްވެސް ކަސިސް ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭންގައި ހިންގާ ހާއްސަ ޕްރޮގޮރާމަށް ޖެއްސުންކުރުމުގެ ނިޔަތުގައި ބައިވެރިވެއްޖެ ކޮންމެ ގައުމަކީ ރަޝިއާގެ ހަމަލާތައް އަރާފާނެ ގައުމެއް ކަމަށް ގަބޫލުކުރަން ޖެހޭނެ ކަމަށް ވެސް ރަޝިއާ އޮތީ ބުނެފަ އެވެ.

ޔުކްރޭނާ ބައިވެރިވެގެން ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރުމާއި ޔުކްރޭނަށް ހަތިޔާރު ފޮނުވާނަމަ އެފަދަ ޝިޕްމަންޓްތަކަކީ ހަމަލާދިނުމަށް ސައްހަ އަމާޒުތަކެއް ކަމަށްް ވެސް ރަޝިއާ އޮތީ ބުނެފަ އެވެ.