މާވެލް ސިނަމެޓިކް ޔުނިވާސްގެ "ބްލެކްޕެންތާ"ގެ ސިކުއެލް "ބްލެކް ޕެންތާ: ވަކަންޑާ ފޯއެވާ" އަށް މުޅި ދުނިޔެއަށް ބަލާއިރު ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް 330 މިލިއަން ޑޮލަރު ބޮކްސް އޮފީހުން ލިބިފައިވެ އެވެ.
މިގޮތުން އެމެރިކާގައި އެކަނި ހަފުތާ ބަންދުގައި މި ފިލްމްގެ ބޮކްސްއޮފީސް ޓިކެޓް ސޭލްސް 185 މިލިއަން ޑޮލަރާ ގާތްކުރެ އެވެ.
މިއީ މާވެލްގެ "ޑޮކްޓާ ސްޓްރޭންޖް އިން ދަ މަލްޓިވާސް އޮފް މޭޑްނަސް" އާއި "ސްޕައިޑާމޭން: ނޯ ވޭ ހޯމް"ގެ ފަހަތުގައި ތިންވަނައަށް އޯޕަނިން ވީކްގައި ހިނގާފައިވާ ފިލްމެވެ.
ލަފާކުރެވޭ ގޮތުގައި މި ފިލްމު އަންނަ މަހުގެ 16 ގައި "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ރިލީޒްކުރަންދެން އެއް ވަނައިގައި އޮންނާނެ އެވެ.
ޕޯސްޓްޓްރެކް ފިލްމް ސާވޭއިން ދައްކާ ގޮތުގައި ފަސް ތަރި އާއި އެކު 93 އިން ސައްތަ މީހުން ފިލްމާ ދޭތެރޭ ޕޮޒިޓިވްކޮށް ދެކޭއިރު، 85 އިން ސައްތަ މީހުން މި ފިލްމު ބެލުމަށް އެދެ އެވެ. އަދި ފިލްމުގެ އޯޑިއަންސްގެ ނަސްލަށް ބަލާއިރު، 43 އިންސައްތަ މީހުންނަކީ ކަޅު ނަސްލުގެ މީހުންނަށް ވީއިރު، 22 އިން ސައްތަ މީހުންނަކީ ލެޓީނޯ / ހިސްޕެނިކް ދަރިކޮޅުގެ މީހުންނެވެ.
ބްލެކް ޕެންތާ"ގެ ދެ ފިލްމްގެ ޑައިރެކްޓަރު ރަޔާން ކޫގްލާ ވަނީ "ބްލެކް ޕެންތާ"ގެ ރޯލް އަދާކުރި ޗެޑްވިކް ބޯޒްމަން، ކޮލޯން ކެންސަރު ބަލީގައި މިއަހަރު މަރުވުމާ ގުޅިގެން އެ ރޯލަށް އެހެން މީހަކު ލުމުގެ ބަދަލުގައި ސިކުއެލްގެ ވާހަކަ ބަދަލުކޮށް، ޗެޑްވިކްގެ ކެރެކްޓާ ކިންގ ޓި'ޗާލާ މަރުވި ގޮތަށް ހަދާފަ އެވެ. އަދި ޗެޑްވިކް އަށާއި އޭނާގެ ކެރެކްޓާ ކިންގ ޓ'ޗާލާ ނެތުމުން ކުރާ އަސަރާއި ހިތާމަ ވަރަށް ރީތިކޮށް ދައްކައިދީ، އަލްވަދާއު ކިޔާފައިވެ އެވެ.
"ބްލެކް ޕެންތާ: ވަކަންޑާ ފޯއެވާ"ގެ މައި ރޯލު އަދާކޮށްފައިވަނީ ކިންގ ޓ'ޗާލާގެ ކޮށްކޮ ޝޫރީ (ލެޓީޝިއާ ރައިޓް) އެވެ. މި ފިލްމުން އާ ކެރެކްޓާތައް ފެނިގެންދެ އެވެ.