ފިނިޕޭޖް

އެމީލް ހާޝް "ޕާސްޓް ލައިފް"ގައި

އެމީލް ހާޝް ސައިކޮލޮޖިކަލް ތްރިލާ "ޕާސްޓް ލައިފް" ކުޅެނީ އެވެ.

މި ފިލްމް ޑައިރެކްޓްކުރާނީ 2014 ގައި ނެރުނު "ވައިޓް ސެޓްލާސް" ޑައިރެކްޓްކުރި ސިމިއަން ހެލިގަން އެވެ. އަދި ސްކްރިޕްޓް ލިޔެފައިވަނީ ޑީން ލައިންސް އާއި ރޭ ބޮގްދަނޮވިޗް އެވެ.

"ޕާސްޓް ލައިފް"ގައި ދައްކައިދެނީ އިންވެސްޓިގޭޓިވް ރިޕޯޓާ ޖޭސަން ފްރޭ، ދާން ބޭނުންނުވާ ހިޕްނޮޓިޒިމް އިވެންޓަކަށް އޭނާގެ މާބަނޑު އަންހެނުން ކްލެއިރާއާ އެކު ދާތަނެވެ.

ހިޕްނޮޓައިޒްކޮށްފައި ވަނިކޮށް، ޖޭސަންއަށް ކިލާގެ ނަޒަރުން މީހަކު މަރާލާ ތަން ފެނެ އެވެ. މިކަމާހެދި ހިތްހަމަޖެހުން ނުލިބުމުން، ޖޭސަން އެކި ގޮތްގޮތުން 1980ގެ އަހަރުތަކުގެ ހައްލު ނުވާ މަރުތަކެއް އިންވެސްޓިގޭޓްކުރަން ފަށަ އެވެ. ކްލެއިރާގެ ރޯލް އަދާކުރާނީ ޕަލޯމާ ފްރޭ އެވެ.

މި ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގައި އަންނަ އަހަރުގެ މާޗް މަހު އެވެ.

އެމީލް ހާޝްގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ޝޯން ޕެންގެ 2017 ވަނަ އަހަރު ނެރުނު ފިލްމް "އިންޓު ދަ ވައިލްޑް" އެވެ.

މީގެ އިތުރުން އޭނާ ވަނީ ކުއެންޓިން ޓެރެންޓީނޯގެ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގައާއި "ދަ ކަމްބެކް ޓްރަޔަލް"ގައި ސަޕޯޓިން ރޯލް އަދާކޮށްފަ އެވެ.