ކާނިވާ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ބާ ކާރުތަކެއްގައި އަލިފާން ރޯކޮށްލައިފި އެވެ.
މިއަދު ގާތްގަނޑަކަށް 4:00 ޖަހާ އެހާކަންހާއިރު ކާނިވާ ސަރަހައްދުގައި އޮތް ދެ ކާރެއްގައި ރޯވެ އަނދަމުންދާއިރު އެ ސަރަހައްދަށް ސިފައިން ހަރަކާތްތެރިވެ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
މަންޒަރު ދުށް އަދި އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ކާރުތަކުގެ އަލިފާން ރޯވުމުގެ ކުރިން ކާރުތަކުގެ ތެރޭގައި ކުޑަކުދިންތަކެއް އުޅުނު ކަމަށާއި ބާވެފައިވާ ކާރުތަކުގެ ތެރެއަށް ވަދެ ބައެއް ކާރުތަކަށް އެކުދިން އަރައި ކުޅެން އުޅުމަށްފަހު ކާރުތައް ދޫކޮށްލާފައިވާ ދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކާރުތަކުގައި ރޯވި ކަމަށެވެ.
ކާނިވާ ސަރަހަދުގައި އޮތް ބާ ދެ ކާރެއްގައޮ އަލިފާން ރޯވެފައިވާއިރު އެ ސަރަހައްދުގައި އެގޮތަށް ދޫކޮށްލާފައި ހުރި ބާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފަށާފަ އެވެ.