މަސްތުވާތަކެތި

15 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

Nov 16, 2022
2

ބްރެޒިލް އިން ރާއްޖެއައި މީހެއްގެ އަތުން 460.4 ގުރާމުގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ކަސްޓަމްސްއިން ބުނީ މި މަސްތުވާތަކެތި އަތުލައިގަތީ މި މަހުގެ ނުވަވަނަ ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނަކާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 460.4 ގުރާމު ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 15 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސްއިން ލަފާކުރެ އެވެ.

މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 10 ވަނަ ފަހަރެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން ވަނީ އަތުލައިގަނެފަ އެވެ.

މި މައްސަލައިގައި ޝާމިލްވާ މީހާއާއި މަސްތުވާކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މަސްތުވާތެކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމުގެ ގޮތުން ކަސްޓަމްސްއިން ވަނީ މިދިޔަ ޖެނުއަރީ މަހު ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް ތައާރަފްކޮށް މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފަ އެވެ.