އެޗްޑީސީ

އެޗްޑީސީއިން "ބޯޅަފޯރި" އިފްތިތާހުކޮށްފި

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ވޯލްޑްކަޕް ބެލޭނެ ގޮތް ހެދުމަށްޓަކާ، ބޯޅަފޯރީގެ ނަމުގައި އެޗްޑީސީއިން ހާއްސަ ހަރަކާތެއް އިފްތިތާހުކޮށް ޕާޓްނަރުންނާ އެކު ސޮއިކޮށްފި އެވެ.

މިހަރަކާތުގެ ޕާޓްނަރުންނަކީ ސްޓެލްކޯ، ޔޫތް މިނިސްޓްރީ، ވެލިގާ ހާޑްވެއާ، ކޮކާކޯލާ ކޮމްޕެނީގެ އިތުރުން ޕްރިންޓް ވޯކްސް އަދި މީޑިއާޕާޓްނަރެއްގެ ގޮތުން މިހާރު އެވެ.

ބޯޅާފޯރީގައި ވޯލްޑް ކަޕް ބެލުމަށްޓަކައި ހުޅުމާލޭގައި ދެ ސަރަހައްދެއް ކަނޑައަޅާ އެ ތަންތަނުގައި ސްކްރީން ބަހައްޓާ ސްޓޯލް ތަކާއި އިތުރު ހަރަކާތްތައް ކުރިއަަށް ގެންދިއުމަށް ހަަމަޖެހިފައިވެ އެވެ.

މިހަރަކާތުގެ ޕާޓްނަރެއް ކަމުގައިވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ވިދާޅުވީ އެންމެން އެއްވެގެން ވޯލްޑްކަޕް ބެލި ނަމަވެސް އެންމެން ގުޅިގެން އަދި ސުލްހަވެރިކަމާ އެކު މެޗު ބެލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

އެޗްޑިސީއިން ބުނީ މިހަރަކާތަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރި އަދި އެކުވެރި މާހައުލެއްގައި ފޯރިގަދަކޮށް ވޯލްޑްކަޕް ބަލައިލުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.