ފިނިޕޭޖް

އޯވަން ވިލްސަންގެ އާ ކޮމެޑީ "ޕެއިންޓް"

ކޮމެޑީ ފިލްމްކުޅޭ އޯވަން ވިލްސަން "ޕެއިންޓް" ގެ ނަމުގައި އާ ކޮމެޑީއެއް ނެރެނީ އެވެ.

ބްރިޓް މެކްއެޑަމްސް ލިޔެ އަދި ޑައިރެކްޓްކުރި މި ފިލްމްގައި އޯވަން ވިލްސަންގެ އިތުރުން ވެންޑީ މެކްލެންޑަން-ކޯވީ، ސްޓީވަން ރޫޓް، މައިކެލޭ ވޮޓްކިންސް، ސިއަރާ ރެނޭ ފަދަ ތަރިން ހިމެނެ އެވެ. މި ފިލްމްގެ ނޯތް އެމެރިކަން ރައިޓްސް ވަނީ އައިއެފްސީ ފިލްމްސް އިން ގަނެފަ އެވެ.

މި ފިލްމްގައި އޯވަން އަދާކުރަނީ ކާލް ނާގްލްގެ ރޯލެވެ. ކާލްއަކީ ވާމައުންޓްގެ އެއްވަނައިގައި އުޅޭ ޓީވީ ޕެއިންޓާ އެވެ. އޭނާ ހިތުން އޭނާއަށް ވަނީ ހުރިހާ ކާމިޔާބީއެއް ލިބިފަ އެވެ. އެހެން ނަމަވެސް ކާލްއަށްވުރެއް ޒުވާން އަދި މޮޅު އާޓިސްޓަކަށް ކާލްގެ ހުރިހާ ކާމިޔާބީއަކާއި ލޯބިވާ މީހުންތައް ގެއްލެ އެވެ.

މި ފިލްމްގެ ފޮޓޯތަކުން ފެންނަ ގޮތުގައި އޯވަން ވިލްސަންގެ ސިފަ ވަނީ ބޮބް ރޮސް ފަދައިން ބަދަލުކޮށްލާފަ އެވެ.

ބޮބް ރޮސްއަކީ 1983 އިން ފެށިގެން 1994އާ ހަމައަށް "ދަ ޖޯއި އޮފް ޕެއިންޓިން" ޓީވީ ޕްރޮގްރާމް މެދުވެރިކޮށް އެމެރިކާގެ ކުދިންނަށް ކުރަހަން ދަސްކޮށްދިން މީހެކެވެ. މި ޝޯގެ 403 އެޕިސޯޑް ޓީވީ އިން ދެއްކި އެވެ.

"ޕެއިންޓް" ތިއޭޓަރުތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 28 އޭޕްރިލް 2023 ގައެވެ.

އޯވަން ވިލްސަން އަކީ "ކާޒް" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރެކެވެ. މާވެލްގެ "ލޯކީ" ސީރީޒްގައި މޯބިއަސް އެމް. މޯބިއަސްގެ ރޯލް އޯވަން މިހާރު އަދާކުރަމުންދެ އެވެ.