މަސްތުވާތަކެތި

13 ކިލޯގެ ޑްރަގާއި ހަ ލައްކަ ރުފިޔާ އަތުލައިގެންފި

Nov 18, 2022

ގިނަ އަދަދެއްގެ ފައިސާއާއި 13 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުން ރޭގެ ވަގުތެއްގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގެ މައުލުމާތު މިއަދު ހާމަކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގަ އެވެ.

މަސްތުވާތަކެއްޗާއި ފައިސާ ހޯދާފައިވަނީ މާލޭގެ ދެ ގެ އަކާއި ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްއެއް ބަލައި ފާސްކުރުމަށްފަހު އެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް(ޑީއީޑީ) ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތީ 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ މައުލޫމާތު ސީޕީ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.