އެމްއޭސީއެލް

އެއާޕޯޓްގެ ވެހިކަލެއް ފެންސުގައި ޖެހި އެކްސިޑެންޓް ވެއްޖެ

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އެތެރޭގައި ދުއްވާ އުޅަނދެއް އެއާޕޯޓްގެ ފެންސުގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އެ އެކްސިޑެންޓް ހިނގީ މިއަދު މެންދުރުފަހު އެވެ.

އެއާޕޯޓުގެ އެތެރޭގެ މަސައްކަތްތަކަށް ބޭނުންކުރާ އެ އުޅަނދު އެކްސިޑެންޓްވެފައިވަނީ ހައިވޭ އާއި އެއާޕޯޓު ވަކިކުރުމަށް ޖަހާފައި ހުރި ފެންސެއްގައި ޖެހިގެން ނެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެ އެވެ.