ނިރުފެހިގެ އަލިފާން

އަލިފާނުގެ ހާދިސާ ހިނގި މަގު ހުޅުވާލައިފި

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދާހުލިވި ގަރާޖު ސަރަހަައްދު ސާފުކުރުމަށްފަހު އިސްކަންދަރު މަގު އަލުން ހުޅުވައިފި އެވެ.

އެގޭގައި އަލިފާން ރޯވީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ ހާދިސާގައި 10 މީހުން މަރުވި އެވެ. އެއީ އިންޑިއާގެ ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގޭގެ ވަށައިގެން ހުރި މަގުތައް ބަންދުކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ފުލުހުން އޭރު ބުނި ގޮތުގައި މަގުތައް ބަންދުކުރީ އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

މަގު ބަންދުކޮށް އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ގެއިން އިންސާނެއްގެ ފައިތިލަ ފެނިފައިވާއިރު ފުލުހުން ވަނީ އެއީ ކާކުގެ ފައިތިލައެއްކަން ދެނެގަތުމަށް ތަހުލީލު ކުރަމުންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ދަނީ ތަހުގީގު ކުރަމުން ނެވެ. އަލިފާން ރޯވި ގޭގެ ތިރީގައި ހުންނަނީ ގަރާޖެކެވެ. ގަރާޖު މަތީގައި ޑެކް އަޅައިގެން ހަދާފައިވާ ބައިގައި ކޮޓަރިތަކެއް ހުންނައިރު އެތަންތަން ބޭނުންކުރަނީ ވަކިވަކި ގޭބިސީތަކެއްގެ ގޮތުގައި ކަމަށް އަލިފާނުގެ ހާދިސާ ހިނގި ދުވަހު އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.