ނިރުފެހިގެ އަލިފާން

ނިރުފެހިގެ އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިތައް ގައުމަށް

އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު އެމްބިއުލާންސަށް އަރުވަނީ---ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް އެމީހުންގެ ގައުމަށް ފޮނުވާލައިފި އެވެ.

އަލިފާނުގެ އެ ހާދިސާގައި 10 މީހުން މަރުވި އެވެ. މަރުވީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. މަރުވީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނެކެވެ.

ބަންގްލަދޭޝްގެ ދެ މީހުންގެ ހަށިގަނޑު މިހާރު ވަނީ އެ މީހުންގެ ގައުމަށް ފޮނުވާފަ އެވެ.

ހާދިސާގައި މަރުވި އިންޑިއާގެ އަށް މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވިކަން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ މިމަހުގެ 17 ވަނަ ދުވަހު ބުނެފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.

ނިރުފެހިގޭގެ ތިރީގައި ގަރާޖެއް ހުންނައިރު ގަރާޖު މަތީގައި ޑެކް އަޅައިގެން ބައެއް ހަދާފައި ހުއްޓެވެ. ފުލުހުން ބުނި ގޮތުގައި ނިރުފެހިގެ އެތެރެ ހަދާފައި ހުރީ ފިލައިން ނެވެ. އެއް ފްލޯގައި ހަތަރު ކޮޓަރި ހުރިއިރު އަނެއް ފްލޯގައި އަށް ކޮޓަރި ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އަދިވެސް ހާމަކޮށްފައި ނުވާއިރު އަލިފާން ރޯވި ތަނުގައި ގޭސް ހުރި ކަމާއި އެއްޗެއް ގޮވި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އަލިފާނުގެ ހާދިސާގައި ނުވަ މީހެއްގެ ހަށިގަނޑު އަލިފާން ރޯވި ގެއިން ވަނީ ނެރެފަ އެވެ. އިތުރު މީހަކު މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށާއި މަރުވި މީހުންގެ އާއިލާތަކަށް އެހީވުމުގެ ގޮތުން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން ވަނީ ފަންޑްރައިޒްކޮށްގެން ދެ ލައްކަ ރުފިޔާ އެއްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345