މޯލްޑިވްސް ޕޮލިސް ސާވިސް

ހާދިސާއާ ގުޅިގެން ބައެއް މަގުތައް ބަންދުކޮށްފި

އަލިފާން ރޯވި ސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް
0%
0%
0%

މ. ނިރުފެހިގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގޭގެ ވަށައިގެން ހުރި މަގުތައް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި އެވެ.

ފުލުހުން ކުރި ޓްވީޓްއެއްގައި ބުނެފައިވަނީ މ. ނިރުފެހިގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި ނިމެންދެން އެއްގަމު އުޅަނދުތަކަށް ނުވަދެވޭނެހެން އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދު ކޮށްފައިވާ ކަމަށެވެ.

އެ މަގުތައް އަލުން ހުޅުވާލާނެ ދުވަހެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން އަންނަނީ އެމްއެންޑީއެފް އާއި ގުޅިގެން މި ހާދިސާއާއި ބެހޭ ތަހުގީގުތައް ކުރަމުން ނެވެ. ނަމަވެސް އަލިފާން ރޯވާން މެދުވެރިވީ ސަބަބެއް އަދި ހޯދިފައެއް ނުވެ އެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ ގޮތުން މައުލޫމާތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.

މި ހާދިސާގައި މިހާތަނަށް 10 މީހުން މަރުވެފައިވާ އިރު އެކަކަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ނެވެ.

މ. ނިރުފެހިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 12:30 ގަ އެވެ. އަލިފާންގަޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވުނީ ފަތިހު 4:00 ހާއިރު އެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:34 ހާއިރު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345