ނިރުފެހިގެ އަލިފާން

އަލިފާނުގެ ހާދިސާގައި މަރުވި މީހުން ދެނެގެންފި

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު އެމްބިއުލާންސަށް އަރުވަނީ---ފޮޓޯ: އަހުމަދު އަޒާން - އަވަސް
0%
0%
0%

މ. ނިރުފެހިގޭގައި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން މީގެ ކުރިން ދެނެނުގަނެވުނު މީހާގެ ހަށިގަނޑު މިހާރު ދެނެގަނެވިފައިވާކަން ހާމަކޮށް ފުލުހުން ބުނީ އެ މީހާއަކީ އިންޑިއާގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާގައި މަރުވީ އިންޑިއާގެ ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެ ހާދިސާގައި ފިހިގެން 10 މީހަކު މަރުވި އެވެ.

މަރުވި މީހުންގެ ތެރެއިން އެ މީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ފޮރިން މިނިސްޓްރީއާ އެ ގައުމުތަކުގެ އެމްބަސީއާ ގުޅިގެން ފުލުހުން ދަނީ ކުރަމުން ނެވެ.

އަލިފާނުގެ ހާދިސާގައި ނުވަ މީހެއްގެ ހަށިގަނޑު އަލިފާން ރޯވި ގެއިން ވަނީ ނެރެފަ އެވެ. އިތުރު މީހަކު މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާއިރު އަލިފާން ރޯވި ގޭގެ ތިރީގައި ހުންނަނީ ގަރާޖެކެވެ. ގަރާޖު މަތީގައި ޑެކް އަޅައިގެން ހަދާފައިވާ ބައިގައި ކޮޓަރިތަކެއް ހުންނައިރު އެތަންތަން ބޭނުންކުރަނީ ވަކިވަކި ގޭބިސީތަކެއްގެ ގޮތުގައި ކަމަށް އަލިފާނުގެ ހާދިސާ ހިނގި ދުވަހު އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345