މޯލްޑިވްސް ޕޮލިސް ސާވިސް

އެމްބަސީތަކާއި ގުޅިގެން އަލިފާނުގެ ތަހުގީގު ފުޅާކޮށްފި

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑިއެފުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް
0%
0%
0%

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބިދޭސީން ހިމެނުމާއިއެކު އެ މީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން ތަހުގީގު ފުޅާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ ޔުނިޓްގެ ވެރިޔާ ފާތިމަތު ނަޝްވާ މިއަދު ވިދާޅުވީ މަރުވި މީހުންނާއި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނުމާއިއެކު އެ މީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކަށް އެކަން އަންގާފައިވާ ކަމަށެވެ.

"ބަންގްލަދޭޝް އަދި އިންޑިއާގެ އެމްބަސީއަށް އަންގާ އެބޭފުޅުންނާއެކު އަޅުގަނޑުމެން ތަހުގީގުތައް ކުރަމުން މި ގެންދަނީ" ނަޝްވާ ވިދާޅުވި އެވެ.

މަރުވި މީހުންނަކީ ކޮންބައެއްކަން ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ނުވަތަ ޑީއެންއޭ ޓެސްޓެއް ހަދާނެ ތޯ އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝްވާ ވިދާޅުވީ މިއީ ތަހުގީގުގެ ކުރީކޮޅު ކަމުން މިވަގުތު އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

މި ހާދިސާގައި މިހާތަނަށް 10 މީހަކު ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ހަށިގަނޑުތައް ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345