ނިރުފެހިގެ އަލިފާން

އަލިފާނުގެ ހާދިސާގެ އަވަސް ތަހުގީގެއް ކުރަން އެދިވަޑައިގެންފި

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބައްލަވާލެއްވުމަށްފަހު ރައީސް ސޯލިހު ވަޑައިގަންނަވަނީ--- ފޮޓޯ: އަހުމަދު އަޒާން - އަވަސް
0%
0%
0%

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

މިހާދިސާއާ ގުޅޭ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި ހާދިސާގެ އަވަސް ތަހުގީގެއް ކުރެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވީ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ މިއަދު ބައްދަލުކުރެއްވުމަށްފަހު އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި މަރުވި ފަރާތްތައް ދެނެގަތުމާއި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުންނާއި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފަ އެވެ.

ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށާއި މާލޭގައި ހުރި ވޯކްޝޮޕް ގަރާޖު ފަދަ ތަންތަން އަވަސް ގޮތެއްގައި އެހެން ތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް ކަމާބެހޭ ފަރާތްތަކުން ތައްޔާރުކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ރައީސް ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

މި ބައްދަލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ވަނީ ހާދިސާގެ ފަހުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފަ އެވެ.

މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުން އަދަދު ވަނީ 10 އަށް އަރާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345