ފިނިޕޭޖް

ލަވަކިޔުންތެރިޔާ ބީ ސްމިތް މަރުވެއްޖެ

އާރްއެންޑްބީ ލަވަކިޔުންތެރިޔާ ބީ ސްމިތް އުމުރުން 28 އަހަރުގައި މަރުވެއްޖެ އެވެ.

ބީ ސްމިތްގެ ބޭބެ ޑެންޒިލް ސްމިތް ބުނީ އޭނާގެ ކޮއްކޮ މިދިޔަ ބުރާސްފަތު ދުވަހު މަރުވެފައިވަނީ ޕަލްމަނަރީ ފައިބްރޯސިސްގެ ސަބަބުން ރެސްޕިރޭޓަރީ ފެއިލިއާއާ ގުޅިގެން ކަމަށެވެ.

ޑެންޒިލް ވަނީ އިންސްތަގްރާމް ޕޯސްޓަކުން މި ހަބަރު ފޭނުންނާ ހިއްސާކޮށް، އެންމެންގެ ލޯތްބާއި އެއްބާރުލުމާއި ދުއާއަށް ޝުކުރުއަދާކޮށްފަ އެވެ.

ބީ ސްމިތްގެ އަސްލު ނަމަކީ ބްރެންޑަން ސްމިތް އެވެ. ބީ ސްމިތްގެ "ޓްވަކަހޯލިކް ޕާޓް2" ރިލީޒްކޮށްފައިވަނީ އޭނާ އައިސީޔޫގައި ވަނިކޮށެވެ. ޑެންޒިލް ބުނީ ބީ ސްމިތް އޭނާގެ ފޭނުން ދެކެ ވަރަށޤ ލޯބިވާ ކަމަށާއި މި ލަވައަށް ޑާންސް ޗެލެންޖްތައް ބަލަމުން އައި ކަމަށެވެ.

ބީ ސްމިތް މަޝްހޫރުކަން ހޯދީ ޔޫޓިއުބްގައި ރިއާނާގެ "ސްޓޭ" އަދި މިގެލްގެ "ކުއިކީ" ފަދަ ލަވަތައް ކިޔައިގެންނެވެ.

ބީ ސްމިތް ވަނީ 2012 ގައި މޯޓައުން ރެކޯޑްސް އަށް ސޮއިކޮށް، 2ޗެއިންސްއާއެކު "ލެގޯ" ރިލީޒްކޮށްފަ އެވެ. "ވިން ވިން" ލަވައަށްފަހު ބީ ސްމިތް ކާމިޔާބީ ހޯދައިފާވަނީ " ޓްވަކަހޯލިކް" އިންނެވެ.