މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވުމާ ގުޅިގެން ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މީގެއިރުކޮޅެއް ކުރިން ބުނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދަށް މިއަދު ހަވީރު 3:00 އިން ފެށިގެން މިރޭ 7:00އާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިވަގުތު ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ވިލާގަނޑުގައި ގަޑިއަކު 24 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.