ފިނިޕޭޖް

ބްލިޕީގެ މީކާ ކެރެކްޓާއަށް ސްޕިންއޮފް ސީރީޒެއް ހަދަނީ

ޔޫޓިއުބްގައި އާއި ނެޓްފްލިކްސްގައި ދައްކާ ކުޑަކުދިންގެ މަގްބޫލް "ބްލިޕީ" ސީރީޒްގެ ކެރެކްޓާ "މީކާ" އަށް ސްޕިން-އޮފް ސީރީޒްއެއް ހަދަނީ އެވެ.

މި ސީރީޒް ނެޓްފްލިކްސްގައި ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

މޫންބަގް އެންޓަޓޭންމަންޓް އިން "މީކާ" ލޯންޗުކުރުމުގެ ބޭނުމަކީ ކުޑަކުދިންނަށް ވަރުގަދަ، ކޮޕީރައިޓެޑް ޕްރޮގްރާމްތަކެއް ހެދުމެވެ. އަދި މިފަދަ ޕްރޮގްރާމްތައް ކާމިޔާބުވެއްޖެނަމަ އެ ކުންފުންޏަށް ގިނަ އަހަރުތަކަކަށް ފައިދާ ލިބެމުންދާނެ އެވެ.

"ބްލިޕީ" އަކީ ސްޓެވިން ޖޯން 2014 ގައި ހެދި ކުޑަކުދިންގެ ކެރެކްޓާ އެކެވެ. "ބްލިޕީ" ގެ ސީރީޒްއަކީ ތައުލީމީ އަދި ވިސްނުން ތަރައްގީވާ ފަދަ މައުލޫމާތު އެކުލެވިގެންވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ވަނީ މޫންބަގް އެންޓަޓޭންމަންޓް އިން 2020 ގައި ގަނެފަ އެވެ. އަދި ސްޓެވިންގެ އިތުރުން އެހެން މީހަކުވެސް މި ކެރެކްޓާ ކުޅެމުންދެ އެވެ.

މޫންބަގް އިން ބުނާ ގޮތުގައި "މީކާ" އަކީ "ބްލިޕީ ޔުނިވާސްއަށް އިތުރުކުރާ ބައިވަރު އާ ކެރެކްޓާތަކުގެ ތެރެއިން އެއް ކެރެކްޓާ އެވެ.

"މީކާ"އަށް ވަކި ޔޫޓިއުބް ޗެނެލްއެއް މިއަހަރު ކުރީކޮޅު ހެދިފަހުން އެ ޗެނަލް ގައި މިހާރު ފަސް ލައްކައަށް ވުރެއް ގިނަ ސަބްސްކްރައިބާސްވެ އެވެ.